Posts

އެސެސްމަންޓް ފޯ ލާރނިންގައި ބޭނުންކުރެވޭ ޓޫލްސްތައް: ޕޯރޓްފޯލިޔޯ

Image
  ޕޯރޓްފޯލިޔޯއަކީ ވަރަށް ބޭނުންތެރި އެހާމެ ފުރިހަމައަށް ދަރިވަރުންގެ ފެންވަރު އެނގިގެންދާ  އެސްސްމަންޓް ފޯ ލާރނިންގެ ޓޫލްއެކެވެ. 21 ވަނަ ޤަރުނުގެ ތައުލީމަށް ވަރަށް އެކަށޭނަ ފެންވަރު ވަޒަންކުރެވޭ އެސެސްމަންޓް ޓޫލްއެކެވެ. ޕޯރޓްފޯލިޔޯއަކީ ދަރިވަރުންކުލާހުގައި   ކުރާ މަސައްކަތުގެ ތެރެއިން ހޮވާލެވޭ އެންމެ ފުރިހަމަ މަސައްކަތްތަކުގެ އެކުލަވާލުމެކެވެ. ނޫނީ އެންމެ ފުރިހަމައަށް ކުރެވޭ މަސައްކަތްތަކުގެ ފައިލެއް ނުވަތަ ފޯލްޑަރއެކެވެ. މިމަސައްކަތަކީ   ވަރަށް   ފަރުވާތެރިކަމާއެކު ވަކި މަޤްސަދުތަކެއް ހާސިލްކުރަން   ޖަމާކުރެވޭ އެކުލަވާލުމެކެވެ. އެއީ ވަކި މުއްދަތެއް ކަޑައެޅި އެމުއްދަތުގެ ތެރޭގައި ދަރިވަރުން ކުރާ މަސައްކަތްތަކެކެވެ. ޕޯރޓްފޯލިޔޯއިން ދަރިވަރުންގެ ތަފާތު ހުނަރުތައް ދައްކާލެވޭނެއެވެ. މިއީ ތަފާތު ފެންވަރުގެ ދަރިވަރުންނަށް ނުވަތަ ޑިފެރެންޝިއޭޓެޑް ލާރނިންގއަށް ވަރަށް ފައިދާ ކުރުވަނިވި އެސެސްމަންޓް ޓޫލްއެކެވެ. ޕޯރޓްފޯލިޔޯގެ ޒަރީއާއިން ހުރިހާ ފެންވަރެއްގެ ދަރިވަރުން ޝާމިލްކޮށްގެން އުނގެނުން ކުރިއަށް ގެންދިއުމަށް ވަރަށް ފަސޭހަވެ ފަހިވެގެންދާނެއެވެ.  ޕޯރޓްފޯލިއ...

ފޯރމެޓިވް އެސެސްމަންޓް: ސެލްފް އެސެސްމަންޓް

Image
ސެލްފް   އެސެސްމަންޓަކީ   ދަރިވަރު   އަމިއްލައަށް   ތިމާއަށް   އެނގެނީ   ކޯއްޗެއްކަމާއި   ނޭނގެނީ   ކޮންބައިތަކެއްކަން   ހޯދައިބެލުމެވެ. އެއާއެކު   އޭނާ އަމިއްލައަށް ފެންވަރުބަލާ   މިންގަޑުތަކަކީ ކޮބައިކަމާއި   އޭނާ ހުރި ހިސާބު ދެނެގަނެ   އަމިއްލައަށް   މިންކުރުމެވެ. މިއީ ފޯރމެޓިވް އެސެސްމަންޓްގެ މައިގަނޑު އެއްބައެވެ. ފިލާވަޅުގައި ކޮންމެހެން ހިމަނަންޖެހޭ ބައެކެވެ. މިގޮތަށް އޭނާ އަމިއްލަ ނަފުސު ހުރި ހިސާބު ބެލުމުން ލިބޭ   ފައިދާތައް ވަރަށް ގިނައެވެ. މީގެތެރޭގައި ތިރީގައި ލިސްޓު ކުރެވިފައިވާ ބައިތައް ހިމެނެއެވެ . އަމިއްލައަށް ވިސްނާ ފިކުރުކޮށް   އޭނާ އުނގެނޭ   ކަންތައްތަކަށް   “ރިފްލެކްޓް” ކޮށްލަން   ފުރުސަތުލިބޭ އުނގެނުމަކީ ތިމާގެ އަމިއްލަ ޒިންމާއެއްކަން   ދެނެގަނެވޭ ދަރިވަރުންނަށް ކަންކަމުގެ   އޮންނަ   ފަހި ހެޔޮގޮތްތައް   އެނގި   އިންސާފް   ވެރިވާން   ދަސްވޭ ޕިއަރ ޕްރެޝަރ   ނެތި   އަމިއްލައަށް ފެންވަރުބަ...