Posts

Showing posts from December, 2023

އެސެސްމަންޓް ފޯ ލާރނިންގައި ބޭނުންކުރެވޭ ޓޫލްސްތައް: ޕޯރޓްފޯލިޔޯ

Image
  ޕޯރޓްފޯލިޔޯއަކީ ވަރަށް ބޭނުންތެރި އެހާމެ ފުރިހަމައަށް ދަރިވަރުންގެ ފެންވަރު އެނގިގެންދާ  އެސްސްމަންޓް ފޯ ލާރނިންގެ ޓޫލްއެކެވެ. 21 ވަނަ ޤަރުނުގެ ތައުލީމަށް ވަރަށް އެކަށޭނަ ފެންވަރު ވަޒަންކުރެވޭ އެސެސްމަންޓް ޓޫލްއެކެވެ. ޕޯރޓްފޯލިޔޯއަކީ ދަރިވަރުންކުލާހުގައި   ކުރާ މަސައްކަތުގެ ތެރެއިން ހޮވާލެވޭ އެންމެ ފުރިހަމަ މަސައްކަތްތަކުގެ އެކުލަވާލުމެކެވެ. ނޫނީ އެންމެ ފުރިހަމައަށް ކުރެވޭ މަސައްކަތްތަކުގެ ފައިލެއް ނުވަތަ ފޯލްޑަރއެކެވެ. މިމަސައްކަތަކީ   ވަރަށް   ފަރުވާތެރިކަމާއެކު ވަކި މަޤްސަދުތަކެއް ހާސިލްކުރަން   ޖަމާކުރެވޭ އެކުލަވާލުމެކެވެ. އެއީ ވަކި މުއްދަތެއް ކަޑައެޅި އެމުއްދަތުގެ ތެރޭގައި ދަރިވަރުން ކުރާ މަސައްކަތްތަކެކެވެ. ޕޯރޓްފޯލިޔޯއިން ދަރިވަރުންގެ ތަފާތު ހުނަރުތައް ދައްކާލެވޭނެއެވެ. މިއީ ތަފާތު ފެންވަރުގެ ދަރިވަރުންނަށް ނުވަތަ ޑިފެރެންޝިއޭޓެޑް ލާރނިންގއަށް ވަރަށް ފައިދާ ކުރުވަނިވި އެސެސްމަންޓް ޓޫލްއެކެވެ. ޕޯރޓްފޯލިޔޯގެ ޒަރީއާއިން ހުރިހާ ފެންވަރެއްގެ ދަރިވަރުން ޝާމިލްކޮށްގެން އުނގެނުން ކުރިއަށް ގެންދިއުމަށް ވަރަށް ފަސޭހަވެ ފަހިވެގެންދާނެއެވެ.  ޕޯރޓްފޯލިއ...