ފޯރމެޓިވް އެސެސްމަންޓް: ސެލްފް އެސެސްމަންޓް
ސެލްފް އެސެސްމަންޓަކީ ދަރިވަރު އަމިއްލައަށް ތިމާއަށް އެނގެނީ ކޯއްޗެއްކަމާއި ނޭނގެނީ ކޮންބައިތަކެއްކަން ހޯދައިބެލުމެވެ. އެއާއެކު އޭނާ އަމިއްލައަށް ފެންވަރުބަލާ މިންގަޑުތަކަކީ ކޮބައިކަމާއި އޭނާ ހުރި ހިސާބު ދެނެގަނެ އަމިއްލައަށް މިންކުރުމެވެ. މިއީ ފޯރމެޓިވް އެސެސްމަންޓްގެ މައިގަނޑު
އެއްބައެވެ. ފިލާވަޅުގައި ކޮންމެހެން ހިމަނަންޖެހޭ ބައެކެވެ. މިގޮތަށް އޭނާ
އަމިއްލަ ނަފުސު ހުރި ހިސާބު ބެލުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. މީގެތެރޭގައި ތިރީގައި ލިސްޓު
ކުރެވިފައިވާ ބައިތައް ހިމެނެއެވެ.
- އަމިއްލައަށް ވިސްނާ
ފިކުރުކޮށް އޭނާ އުނގެނޭ
ކަންތައްތަކަށް
“ރިފްލެކްޓް”
ކޮށްލަން ފުރުސަތުލިބޭ
- އުނގެނުމަކީ ތިމާގެ އަމިއްލަ
ޒިންމާއެއްކަން ދެނެގަނެވޭ
- ދަރިވަރުންނަށް ކަންކަމުގެ އޮންނަ ފަހި ހެޔޮގޮތްތައް
އެނގި އިންސާފް ވެރިވާން ދަސްވޭ
- ޕިއަރ ޕްރެޝަރ ނެތި އަމިއްލައަށް
ފެންވަރުބަލައި ވަޒަންކުރެވޭ
- އޭނާ އަމިއްލައަށް ބާރުވެރިވެ
އަދި ބާރުވެރިކަން އިތުރަށް ތަރައްޤީވޭ
- އަމިއްލައަށް ކުރެވޭ ރަނގަޅު
ކަންތައްތަކާއި އަދި ރަނގަޅުކުރަންޖެހޭ
ކަންތައްތައް
ވިސްނި، އެނގިގެންދޭ
- އަމިއްލައަށް
ފެންވަރުވަޒަންކުރިއަސް ތެދުވެރިކަން އިސްކުރަންޖެހޭކަން އެގިގެންދޭ
- އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްވޭ
- އަމިއްލައަށް ކަންތައް
ކުރެވޭކަން އެނގި އަމިއްލައަށް ކަންކަންކުރަން އިސްނަގާ ދަރިވަރަކަށްވުން
ޓްރެފިކް ލައިޓް
ސެލްފް އެސެސްމަންޓް
ޓްރެފިކް ލައިޓް އެސެސްމަންޓަކީ ދަރިވަރު
އޭނާއަށް ދަސްވި މިންވަރު ބަލައިލުމަށް އަމިއްލައަށް ހަދާ ސެލްފް
އެސެސްމަންޓެކެވެ. މިއީ ދަރިވަރުން ތެދުވެރިކަމާއެކު އަމިއްލަ ނަފުސަށް އެނގުނު
ނުވަތަ ދޭހަވި އެއްޗެއް ބަލައިލުމެވެ. ނުވަތަ ތިމާގެ އުނގެނުން އަމިއްލައަށް ‘ރިފްލެކްޓް’
ކޮށް ލަނީއެވެ. މިއީ ފިލާވަޅު ކުރިއަށް ދާއިރުއާއި ފިލާވަޅު ނިމުމުގެ ކުރިން
(ފިލާވަޅުގެ ފަހުބައިގެ ގޮތުގައި) ވެސް ގެންދެވިދާނެ ހަރަކާތެކެވެ.
ޓްރެފިކް ލައިޓް
ސެލްފް އެސެސްމަންޓް ތަފާތު ގޮތްގޮތަށް ބޭނުން ކުރެވެއެވެ. މިސާލަކަށް، ބޯޑުގައި
އެކުލަތައް ކައިރީގައި ނަން ހިއްޕާލެވިދާނެއެވެ. ފޮތުގައި ހެދި ފިލާވަޅު
ކައިރީގައި އޭނައަށް އެނގޭ މިންވަރު ކުލަ ‘ބޮޅަކުން’ ދައްކާލެވިދާނެއެވެ. ނުވަތަ
އެކުލަތައް ހުރި ވަށިގަނޑަށް ފޮތްލުމަށް އިރުޝާދު ދެވިދާނެއެވެ. ކުދި ދިދަ ފަދަ
ކަރުދާސް ކަފާފައި މޭޒުމަތީގައި ބެހެއްޓިދާނެއެވެ. އޭރުން ސުވާލުކުރުމުން އެކުދިން
އެކުލަތަކުގެ ދިދަ ނުވަތަ ކަރުދާސްތައް މުދައްރިސަށް ދައްކާނެއެވެ. މިފަދަ އަދި
މިނޫނަސް ތަފާތު ގޮތްގޮތަށް މި ސެލްފް އެސެސްމަންޓް ބޭނުން ކުރެވެއެވެ.
ކުލަތަކުގެ މާނަ:
ރަތް: އަޅުގަނޑަށް އެއްގޮތަކަށް ވެސް ނޭނގޭ
ރީނދޫ: އަޅުގަނޑަށް ކޮންމެވެސް ވަރަކަށް
އެނގޭ ނަމަވެސް ނޭނގޭ އެއްޗެހި އެބަހުރި
ފެހި: އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ
ދަސްވާނެ އިތުރު ކަންތައްތައް:
- އަމިއްލަ ނަފުސަށް
އިތުބާރުކުރުން،
- އަމިއްލަ ނަފުސުގެ
އަގުވަޒަންކުރުން،
- ތެދުވެރިވުން،
- ނަފުސު ދެނެގަތުމާއި
ތަންޒީމުކުރުން،
- ވިސްނާ ފިކުރުކުރުން،
- ޚިޔާލުތަނަވަސްވުން،
- ދޭހަވުމާއި ދޭހަކޮށްދިނުން
- ދިމާވާ މައްސަލަހައްލުކުރުން
- ‘ހިޑްން
ކަރިކިއުލަމްގެ’ ދަށުން ‘ޓްރެފިކް ލައިޓްސް’ އަދި މަގުމަތީގެ
ރައްކާތެރިކަމުގެ ނިޝާންތަކަށް ދަރިވަރުން ސަމާލުކުރުވުން



Comments
Post a Comment