އެސެސްމަންޓް ފޯ ލާރނިންގައި ބޭނުންކުރެވޭ ޓޫލްސްތައް: ޕޯރޓްފޯލިޔޯ
ޕޯރޓްފޯލިޔޯއަކީ ވަރަށް ބޭނުންތެރި އެހާމެ ފުރިހަމައަށް ދަރިވަރުންގެ ފެންވަރު އެނގިގެންދާ އެސްސްމަންޓް ފޯ ލާރނިންގެ ޓޫލްއެކެވެ. 21 ވަނަ ޤަރުނުގެ ތައުލީމަށް ވަރަށް އެކަށޭނަ ފެންވަރު ވަޒަންކުރެވޭ އެސެސްމަންޓް ޓޫލްއެކެވެ. ޕޯރޓްފޯލިޔޯއަކީ ދަރިވަރުންކުލާހުގައި ކުރާ މަސައްކަތުގެ ތެރެއިން ހޮވާލެވޭ އެންމެ ފުރިހަމަ މަސައްކަތްތަކުގެ އެކުލަވާލުމެކެވެ. ނޫނީ އެންމެ ފުރިހަމައަށް ކުރެވޭ މަސައްކަތްތަކުގެ ފައިލެއް ނުވަތަ ފޯލްޑަރއެކެވެ. މިމަސައްކަތަކީ ވަރަށް ފަރުވާތެރިކަމާއެކު ވަކި މަޤްސަދުތަކެއް ހާސިލްކުރަން ޖަމާކުރެވޭ އެކުލަވާލުމެކެވެ. އެއީ ވަކި މުއްދަތެއް ކަޑައެޅި އެމުއްދަތުގެ ތެރޭގައި ދަރިވަރުން ކުރާ މަސައްކަތްތަކެކެވެ. ޕޯރޓްފޯލިޔޯއިން ދަރިވަރުންގެ ތަފާތު ހުނަރުތައް ދައްކާލެވޭނެއެވެ. މިއީ ތަފާތު ފެންވަރުގެ ދަރިވަރުންނަށް ނުވަތަ ޑިފެރެންޝިއޭޓެޑް ލާރނިންގއަށް ވަރަށް ފައިދާ ކުރުވަނިވި އެސެސްމަންޓް ޓޫލްއެކެވެ. ޕޯރޓްފޯލިޔޯގެ ޒަރީއާއިން ހުރިހާ ފެންވަރެއްގެ ދަރިވަރުން ޝާމިލްކޮށްގެން އުނގެނުން ކުރިއަށް ގެންދިއުމަށް ވަރަށް ފަސޭހަވެ ފަހިވެގެންދާނެއެވެ. ޕޯރޓްފޯލިއ...