Posts

Showing posts from October, 2023

ފޯރމެޓިވް އެސެސްމަންޓް: ސެލްފް އެސެސްމަންޓް

Image
ސެލްފް   އެސެސްމަންޓަކީ   ދަރިވަރު   އަމިއްލައަށް   ތިމާއަށް   އެނގެނީ   ކޯއްޗެއްކަމާއި   ނޭނގެނީ   ކޮންބައިތަކެއްކަން   ހޯދައިބެލުމެވެ. އެއާއެކު   އޭނާ އަމިއްލައަށް ފެންވަރުބަލާ   މިންގަޑުތަކަކީ ކޮބައިކަމާއި   އޭނާ ހުރި ހިސާބު ދެނެގަނެ   އަމިއްލައަށް   މިންކުރުމެވެ. މިއީ ފޯރމެޓިވް އެސެސްމަންޓްގެ މައިގަނޑު އެއްބައެވެ. ފިލާވަޅުގައި ކޮންމެހެން ހިމަނަންޖެހޭ ބައެކެވެ. މިގޮތަށް އޭނާ އަމިއްލަ ނަފުސު ހުރި ހިސާބު ބެލުމުން ލިބޭ   ފައިދާތައް ވަރަށް ގިނައެވެ. މީގެތެރޭގައި ތިރީގައި ލިސްޓު ކުރެވިފައިވާ ބައިތައް ހިމެނެއެވެ . އަމިއްލައަށް ވިސްނާ ފިކުރުކޮށް   އޭނާ އުނގެނޭ   ކަންތައްތަކަށް   “ރިފްލެކްޓް” ކޮށްލަން   ފުރުސަތުލިބޭ އުނގެނުމަކީ ތިމާގެ އަމިއްލަ ޒިންމާއެއްކަން   ދެނެގަނެވޭ ދަރިވަރުންނަށް ކަންކަމުގެ   އޮންނަ   ފަހި ހެޔޮގޮތްތައް   އެނގި   އިންސާފް   ވެރިވާން   ދަސްވޭ ޕިއަރ ޕްރެޝަރ   ނެތި   އަމިއްލައަށް ފެންވަރުބަ...

މާނަހުރި ގޮތެއްގައި އުނގެނުމާއި ހިތުދަސްކުރުމުގެ ތަފާތު

Image
 ލިޔުނީ: ނިޢުމާ މުޙައްމަދު މާނަހުރިގޮތެއްގައި އުނގަންނައި ދިނުމަކީ އުނގެނުމާއި އުނގަންނައި ދިނުން ކުރިޔަށްގެންދަން ޤައުމީ މަންހަޖުގައި ބާރު އަޅާ ގޮތެވެ. މިގޮތުން އުނގަންނައިދޭ ކޮންމެ އެއްޗަކީ ދަރިވަރުންނާ ގުޅުންހުރިއެއްޗަކަށް ވާން ޖެހެއެވެ. އުނގަންނައިދޭ އެއްޗަކީ ދަރިވަރުންނަށް ފައިދާހުރި އެއްޗެއް ކަމުގައި ވާންޖެހޭނެއެވެ. މިސާލަކަށް، ދަރިވަރުންނަށް އެންމެ ފަސޭހަ ކަމާއެކު ދެނެގެނެވޭނީ އެ އުނގަންނައިދޭ އެއްޗަކީ ދަރިވަރުންނާ ގުޅުންހުރި އެއްޗަކަށްވެ، އެއީ ދިރިއުޅުމަށް ބޭނުންވާ އެއްޗެއްކަމުގެ އިޙްސާސް ކުދިންނަށް ކުރެވިގެންނެވެ. (ޤައުމީ މަންހަޖު، 2014) .   މާނަހުރި ގޮތެއްގައި އުނގެނުން ކުރިއަށް ގެންދިއުމުން ދަރިވަރުންނަށް މާއްދާގެ “ކޮންސެޕްޓްތައް” ވަރަށް ރަނގަޅަށް އޮޅުން ފިލައެވެ. އަދި ފިލާވަޅުތައް ވަރަށް ފުންކޮށް އުނގެނުމަށް (ޑީޕް ލާރނިންގ) ފުރުސަތު ލިބި ހަނދާނުގައި ދިގު މުއްދަތަކަށް (ލޯންގ ޓާރމް މެމޮރީގައި) އުނގެނޭ އެއްޗެހި ހަރުލައެވެ. މި ބާވަތުގެ އުނގެނުން ހިމެނެނީ “އެކްޓިވް ލާރނިންގ” ނުވަތަ ހަރަކާތްތެރިކޮށް އުނގެނުމުގެ ތެރޭގައެވެ. އަދި ދަރިވަރުން އުނގެނެމުން ދާނީ ތަޖުރިބާ އާ...

ކިޔުންތެރިކަން ކުރިއަށް ގެންދިއުމަށް: ސޮކްރެޓިކް ބޯލް

Image
 

ފިލާވަޅު ނިންމުން: އުނގަންނައި ދިނުމުގެ މުހިންމު ބައެއް

 ލިޔުނީ: ނިޢުމާ މުޙައްމަދު ލެސަންޕްލޭން ހަދައި ފިލާވަޅު ތައްޔާރުކުރާއިރު ވަރަށް ގިނަ މުހިންމު ބައިތައް އެކުލެވިފައިވެއެވެ. އެގޮތުން އާއްމު ބައިތަކުގެ ތެރޭގައި 1)  ފިލާވަޅު ފެށުން، 2) މައިގަނޑު   3) ނިންމުން ހިމެނެއެވެ.  މި 3 ބައި ވެސް މިއީ ލެސަންޕްލޭނެއްގެ ވަރަށް ބޭނުންތެރި ބައިތަކެކެވެ . މިގޮތުން މިބަލައިލަނީ ފިލާވަޅުގެ ނިންމުމަށެވެ . މިއީ ލެސަން ޕްލޭންގައި ލިޔެވިފައިވިއަސް ވަރަށް ގިނަފަހަރަށް ވަގުތަށް ސަމާލުކަން ނުދެވިއްޖެނަމަ މުދައްރިސުންނަށް ފުރިހަމައަށް ނުގެންދެވޭ ބައެކެވެ . ނަމަވެސް ފިލާވަޅެއްގެ ނިންމުމަކީ ވަރަށް ރަނގަޅަށް ހުރިހާ މުދައްރިސުންވެސް ތައްޔާރުވާންޖެހޭ ބައެކެވެ . ނިންމުން ފުރިހައަށް ގެންދެވިއްޖެނަމަ އެދުވަހުގެ އުނގެނުން ކާމިޔާބުވި މިންވަރު މުދައްރިސަށް ފަސޭހަ ކަމާއެކު އެސެސްކޮށްލެވެއެވެ. މިއީ ދަރިވަރުންނަށް މުޅިފިލާވަޅުގައި "ލާރނިންގ ރިފްލެކްޓް" ކޮށްލަން ލިބޭ ވަރަށް ފަހި އަދި އެހާމެ ބޭނުންތެރި  ބައެކެވެ. ފައިދާވަނިވި ގޮތަކަށް ގެންދެވޭ "ކުލޯޒަރ" ނުވަތަ ނިންމުމުގެ ސަބަބުން ނަގައިދިން ފިލާވަޅު ދަރިވަރުންނަށް ފަސޭހައިން ދޭހަވެ ކުރިން އެނގިފަ...

ދިވެހިބަސް: އަޅުގަނޑުމެންގެ މާދަރީ ބަސް ކުރިއެރުވުމުގެ މުހިންމުކަން

    ލިޔުނީ: ނިޢުމާ މުޙައްމަދު މާދަރީ ބަސް ފުރިހަމައަށް އުނގެނުމަކީ އިންސާނާގެ ވިސްނުން ކުރިއަރައިގެން ދިއުމަށް ބޭނުންވާ ވަރަށް މުހިންމު ޤާބިލިއްޔަތެކެވެ. އެއީ އިންސާނާގެ ވިސްނުމާއި ފިކުރާއި އުނގެނުމާއި މުއާސަލާތް ކުރުމުގެ ވަރަށް މުހިންމު އަސާސެކެވެ. މިސާލަކަށް، އިންސާނެއްގެ ސިކުނޑި ވެސް ފުރިހަމައަށް މަސައްކަތްކޮށް ވިސްނުން ފުޅާ ވަނީ މާދަރީ ބަހުން ވިސްނަން ދަސް ވުމުންނެވެ. ދަރިވަރުންގެ   ބަސްމޮށުންތެރިކަން ކުރިއަރުވައި ތަރައްޤީކުރަން މާދަރީބަސް ވަރަށް މުހިންމެވެ. ސްކޫލުގައި އުނގެނޭ ބައިތައް ރަނގަޅަށް ފަހުމުވާން   މާދަރީ ބަސް ރަނަގަޅަށް އެނގެންޖެހެއެވެ. މާދަރީ ބަސް އެނގުމުން އުނގެނުން ވަރަށް އަވަހަށް ކުރިއަރައިގެން ދާނެއެވެ. އިނގިރޭސި މީޑިއަމްއިން ކިޔެވިއަސް ދަރިވަރުން އުނގެނުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތަކީ ދިވެހި ބަހެވެ (ޤައުމީ މަންހަޖުގައި ދިވެހި ، ގްރޭޑް 1 - 3 ، 2014).   ބަހަކީ އިންސާނަކަށްވީތީ ލިބޭ ޤުދުރަތީ ރީތި ސިފައެކެވެ. އަދި އޭނާއަކީ ކާކު ކަން އަންގައިދޭ އެއް ވަސީލަތެވެ. އަމިއްލަ ސަގާފަތުގެ މުހިންމު ބިންގަލެކެވެ. އަޅުގަންޑުމެންގެ އަމިއްލަ ވަނ...