އެސެސްމަންޓް ފޯ ލާރނިންގައި ބޭނުންކުރެވޭ ޓޫލްސްތައް: ޕޯރޓްފޯލިޔޯ
ޕޯރޓްފޯލިއޯ އަކީ ދަރިވަރުންގެ އުނގެނުން
ފެންވަރުވަޒަންކޮށް އުނގެނުން ތަރައްގީކޮށް ކުރިއަށް ގެންދިއުމަށް ބޭނުންކުރާ
ވަރަށް ބޭނުންތެރި ފޯމެޓިވް އެސެސްމަންޓް (އެސެސްމަންޓް ފޯ ލާރނިންގ) ޓޫލްއެކެވެ.
ސްޓޭންޑަރޑައިޒްޑް ޓެސްޓް ނުވަތަ އިމްތިޙާނުތަކަށް ބަރޯސާވާ ސަގާފީ
އެސެސްމަންޓްތަކާ ހިިލާފަށް، ޕޯރޓްފޯލިއޯ އެސެސްމަންޓްގެ ޒަރިއްޔާއިން ދަރިވަރުންގެ
ޤާބިލުކަމާއި ކުރިއެރުމާއި ކާމިޔާބީތަކުގެ ޖުމުލަ ތަރައްގީ ދެނެގަނެވެއެވެ. ޕޯރޓްފޯލިއޯއެއްގައި
އެކުލެވިފައިވާނީ ދަރިވަރުން ވަކި މުއްދަތެއްގެ ތެރޭގައި ކުރި މަސައްކަތުގެ
ފުރިހަމަ އެކުލަވާލުމެކެވެ. ޕޯރޓްފޯލިޔޯތަކުން އެކި ހުނަރުތަކާއި މާއްދާތަކުގެ
ތެރެއިން އެކުދިންގެ ކުރިއެރުމާއި ޖުމުލަ ތަރައްގީ ދައްކާލެވެއެވެ. ދަރިވަރުންގެ
އުފެއްދުންތެރިކަމާއި، ބިނާކުރަނިވި ގޮތުގައި ވިސްނުމާއި، މައްސަލަ ހައްލުކުރުމުގެ
ހުނަރުތައް މީގެ ސަބަބުން ކުރިއަރައެވެ. ޕޯރޓްފޯލިޔޯގެ މަސައްކަތްތަކުގެ ސަބަބުން
އަމިއްލަ ދިރިއުޅުމާއި ގުޅޭ އުންގެނުން ކުރިއަށް ގެންދެވި ކަންކަމާއި ދޭތެރޭ
ފުޅާދާއިރާއެއްގައި ވިސްނަން ދަސްކޮށްދެވެއެވެ. މަޒުމޫނު، ޕްރޮޖެކްޓް، އާޓްވޯކް، އަދި ޕްރެޒެންޓޭޝަން ފަދަ ތަފާތު
ވައްތަރުގެ އެސެސްމަންޓްގެ ފެންވަރުބަލާ ވަޒަންކޮށްގެން، ދަރިވަރެއްގެ އުނގެނުމުގެ
ތަޖުރިބާތައް ވަރަށް ފުންކޮށް ޕޯޓްފޯލިޔޯގެ ޒަރީއާއިން މުދައްރިސުންނަށް ރަނގަޅަށް
ދެނެގަނެވޭނެއެވެ.
ޕޯރޓްފޯލިއޯ އެސެސްމަންޓްގެ މުހިންމު އެއް
ފައިދާއަކީ ރިފްލެކްޓިވް ލާރނިން ދަރިވަރުންގެ ކިބައިން ދައްކައި ދިނުމެވެ.
ދަރިވަރުން ޕޯރޓްފޯލިއޯ ތައްޔާރު ކުރާއިރު، އަމިއްލައަށް ކުރަމުންދާ މަސައްކަތް
ރިފްލެކްޓްކޮށް ހެދުމާއި، އަމިއްލަ މަސައްކަތްތައް ތަފާތު ނަޒަރިއްޔާތަކުން ބަލައި
ރަނގަޅު ކުރަންޖެހޭ ދާއިރާތައް ދެނެގަތުމުގައި އޭނާ އަމިއްލައަށް ބައިވެރިވެއެވެ.
މި 'މެޓަކޮގްނިޓިވް ޕްރޮސެސްގެ' ސަބަބުން އެކުދިންގެ ވިސްނުން ފުންވެގެން ދިއުމާއި
އެކު، އުނގެނުމުގެ ޒިންމާ އަމިއްލައަށް ނެގުމުގެ އާދަ އާލާވެގެންދެއެވެ. މީގެ
އިތުރުން ޕޯރޓްފޯލިއޯތަކުން ދަރިވަރެއްގެ ކުރިއެރުމުގެ ފުރިހަމަ މަންޒަރެއް ޖުމުލަކޮށް
ފަސޭހައިން ބަލައިލެވެއެވެ.
ޕޯޓްފޯލިއޯ އެސެސްމަންޓުން ދަރިވަރުންނާއި ބެހޭ
ފުރިހަމަ މައުލޫމާތެއް ލިބިގެންދެއެވެ. މިސާލަކަށް، ޕޯރޓްފޯލިއޯ އެންޓްރީތައް
ރިވިއުކޮށް ފީޑްބެކް ދިނުމުން ޓީޗަރުންނަށް ދަރިވަރުންގެ ކުރިއެރުން ދާއިމީގޮތެއްގައި
ފަސޭހަކަމާއެކު ފެންވަރު ވަޒަންކުރެވޭނެ އެވެ. މި ފީޑްބެކް ދިނުމުގެ ސަބަބުން ދަރިވަރުން
ދެން ކުރިއަށްދާންވީ ދިމާ އެނގި، ދަރިވަރުން ކަނޑައަޅާ އަމިއްލަ ލަނޑުދަނޑިތައް
ހާސިލްކުރަން ފަސޭހަވާނެއެވެ.
ޕޯރޓްފޯލިޔޯ އެކުލަވާލުމުގައި މުދައްރިސުން ވިސްނަންވީކަންތައް
ޕޯރޓްފޯލިޔޯގެ ޒަރީއާއިން ބެލެނިވެރިޔާއަށް ދޭންބޭނުންވަނީ
ކޮން މައުލޫމާތެއްހޭ؟ ޕޯރޓްފޯލިޔޯއިން ބެލެނިވެރިޔާއަށް
ދަރިވަރާއިބެހޭގޮތުން ކިޔައިދޭން ބޭނުންވަނީ ކޮން ތަފްސީލްތަކެއްހޭ؟ މިދެވޭ މައުލޫމާތަކީ
"step by step" ނުވަތަ ވަކިވަކި ކުރިއެރުމުގެ އުސްއަލި ތަކެއްހޭ؟ ނޫނީ މީގެން
މިދައްކައިދެނީ ދަރިވަރުގެ އެންމެ ފުރިހަމަ މަސައްކަތްތައްހޭ؟
ވީމާ ޕޯރޓްފޯލިޔޯ ތައްޔާރުކުރާއިރު ޕޯރޓްފޯލިޔޯގެ މަޤްސަދުތައް
މުދައްރިސަށް ވަރަށް ރަނގަޅަށް ސާފުވާންވާނެއެވެ.
1) ގްރޯތް ޕޯރޓްފޯލިޔޯ (ލިބުނު ކުރިއެރުންތައް ދައްކައިލުން)
ލިބެމުންދާ ކުރިއެރުން ދައްކައިދޭ ޕޯރޓްފޯލިޔޯއަކީ ގްރޯތް ޕޯރޓްފޯލިޔޯއެވެ. ހާއްސަކޮށް މިޕޯރޓްފޯލިޔޯއިން ދައްކައިދޭނީ ވަކިހުނަރެއް ނުވަތަ ހުނަރުތަކެއް ކުރިއަރަމުން ގޮސްފައިވާ މިންވަރެވެ. މިގޮތުން ދިގު މުއްދަތެއްގައި ދަރިވަރު ކުރިއަރަމުން އައި ގޮތުގެ (ވަކިވަކި މަރުހަލާ ނުވަތަ ސްޓެޕްބައި ސްޓެޕް) ބޮޑު މަންޒަރެއްވެސް ދެއްކިދާއެވެ. މީގައި ހިމެނިފައިވާނީ ދަރިވަރު ކުރިމަސައްކަތްތައް އެންމެ ފުރަތަމަ ދުވަސްވަރުން ފެށިގެން އެކިދުވަސްވަރުގައި އައިސްފައި ހުރި ކުރިއެރުންތަކެވެ. މިސާލަކަށް ލިޔުންތެރިކަމަށް ފޯކަސް ކުރާނަމަ ކޮންމެ ދެހަފްތާ އަކުން އައި ކުރިއެރުންދައްކައިދޭ ގޮތަށްވެސް ހެދިދާނެއެވެ. ނުވަތަ ކޮންމެ މަހަކުން އައި ކުރިއެރުންވެސް ހިމެނިދާނެއެވެ.
2) ބެސްޓް ވޯރކް ނުވަތަ ޝޯކޭސް ޕޯރޓްފޯލިޔޯ
(އެންމެ ފުރިހަމައަށް ކުރެވުނު މަސައްކަތްތައް)
މިއީ ވަކި މުއްދަތެއްގެ ތެރޭގައި ދަރިވަރަށް ކުރެވުނު އެންމެފުރިހަމަ މަސައްކަތްތަކުގެ ޕޯރޓްފޯލިޔޯއެކެވެ. މިއީ އަހަރު، ޓާރމް، ނުވަތަ ސެމެސްޓަރ ނިމޭއިރު ތައްޔާރު ކުރާ ޕޯޓްފޯލިޔޯއެކެވެ. މިޕޯރޓްފޯލިޔޯއިން ދައްކައިދޭނީ ދަރިވަރުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ރަގަޅު ކަމަށް ފާހަގަ ކުރެވޭ އޭނާގެ އެކިހުނަރުތަކުގެ އެންމެފަހުގެ ވަރަށްފުރިހަމަ މަސައްކަތްތަކެކެވެ. މީގެން ދައްކައިދެނީ ދަރިވަރަށް މިހާރު އުގެނި ދަސްވެފައިވާ ނުވަތަ އެންމެ ފަހުން ހާސިލްވެގެން ދިޔަވަރެވެ. ނޫނީ އެންމެފަހުން ދަރިވަރަށް ހާސިލްވި މައުލޫމާތާއި ހުނަރެވެ. އަދި އުގެނި ދަސްވެ އެދަރިވަރަށް އެމައުލޫމާތާއި ހުނަރުތައް ބޭނުން ކުރެވިފައިވާ ފެންވަރެވެ.
މި ޕޯރޓްފޯލިޔޯއިން ދަރިވަރުގެ އަނެއްއަހަރުގެ
މުދައްރިސުންނަށް އޭނާގެ މިއަހަރުގެ ހުނަރުތަކާއި ގާބިލްކަން
ދައްކައިދޭ އެއްޗެއް ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ. މި ގޮތައް ސާނަވީ އާއި
މަތީ ސާނަވީގެ ދަރިވަރުން ލައްވާވެސް ޕޯރޓްފޯލިޔޯ ތައްޔާރުކުރެވިދާނެއެވެ.
މީގެ ތެރެއިން ތައްޔާރުކުރާ "ޝޯކޭސް
ޕޯޓްފޯލިޔޯ" އެދަރިވަރުން ވަޒީފާ އަށް ވަނުމަށް ނުވަތަ ކޮލެޖަށް ވަނުމަށް
ވެސް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް އާރޓްވޯރކް ޕޯރޓްފޯލިޔޯ "ބެޗެލަރ
އޮފް އާކިޓެކްޗަރ" ޑިގްރީ އަށް ވަނުމަށް ބޭނުންކުރެވޭނެއެވެ.
3) އިވެލުއޭޝަން ޕޯރޓްފޯލިޔޯ (ރަސްމީކޮށް ފެންވަރުވަޒަންކުރަން)
ރަސްމީކޮށް ފެންވަރު ވަޒަންކުރަން އިވެލުއޭޝަން ޕޯރޓްފޯލިޔޯ ބޭނުންކުރެއެވެ. މިޕޯރޓްފޯލިޔޯގައި ދަރިވަރު ހިމަނާނީ ފެންވަރުވަޒަންކުރަން އޭނާ ބޭނުންވެގެން އެކުލަވާލާ މަސައްކަތްތަކެވެ. މިޕޯރޓްފޯލިޔޯ ބޭނުންކޮށްގެން ގްރޭޑް ނުވަތަ މާރކްސް ދިނުމަށް ބޭނުންކުރެވިދާނެއެވެ. މީގެން ދަރިވަރުންގެ ސްޓޭންޑަޑްތައް ކުރިއަރަމުން އަންނަވަރު ދައްކައިދޭނެއެވެ. އަދި ދަރިވަރު ފެންވަރުގެގޮތުން މިހާރުހުރީ ކޮންހިސާބެއްގައިކަން ވަރަށްރަނގަޅަށް އެގޭނެއެވެ. މިޕޯޓްފޯލިޔޯ، އެސައިންމަންޓް ގޮތުގައި މަތީ ގްރޭޑްތަކުގައި އާއި ކޮލެޖް/ޔުނިވާރސިޓީގައި ބޭނުން ކުރެވެއެވެ.
މިޕޯރްޓްފޯލިޔޯ އެސައިންމަންޓް ގޮތުގައި ބޭނުންކުރާއިރު މައުލޫމާތުތައް ވަރަށް ސާފުކޮށް ލިޔެފައި ދޭންވާނެއެވެ. މިސާލަކަށް، ޕޯރޓްފޯލިޔޯގައި ހިމަނަންވީ އެއްޗެހި އެސައިންމަންޓެއްގޮތައް ތައްޔާރުކޮށް ރުބްރިކްތަކާއެކު ދަރިވަރުންނާއި ހަވާލުކުރާނީއެވެ. މިގޮތުން، ލިޔުންތެރިކަން ފެންވަރުވަޒަންކުރަން ބޭނުންވާނަމަ އޭގައި ހިމަނަންޖެހެނީ، ސިޓީ (ރަސްމީއާއި ނުރަސްމީ)، ވާހަކައެއް، ހާދިސާ/ކާރިސާއެއް، ޕްރޮސީޖަރަލް ރައިޓިން، އެއްޗެއް/އިމާރާތެއްގެ ތަފްސީލް ފަދަ ލިޔުންތަކެވެ. ޕޯރޓްފޯލިޔޯއިން ދަރިވަރު ކުރިއަރާފައިވާ މިންވަރު ދައްކައިދޭނެއެވެ.. އަދިހަމަ އެފަދައިން އެކި ޓާރމުގައި ދަރިވަރުގެ ފެންވަރު ދައްކުވައިދޭނެއެވެ. ދަރިވަރުގެ މިހާރުހުރި ޤާބިލްކަމާއި ދަރިވަރުގެ ހުނަރުތައް ކުރިއަރާ މިންވަރު ދައްކައިދޭނެއެވެ. ދަރިވަރުގެ ފެންވަރު ވަޒަންކުރުމުގައި ދަރިވަރު މިހާތަނަށް ކޮށްފައި ހުރި އެންމެ މުހިންމު މަސައްކަތް ދެއްކޭނެއެވެ.
ޕޯރޓްފޯލިޔޯ ރިފްލެކްޝަންސް
ޕޯރޓްފޯލިޔޯގެ ރިފްލެކްޝަންސް މިއީ ވަރަށް މުހިންމު ބައެކެވެ. ދަރިވަރުން އަމިއްލައަށް އެކުދިން ކޮއްފައި ހުރި މަސައްކަތާއި ބެހޭގޮތުން ލިޔެފައިވާ ލިޔުން ކޮޅެއް (ރިފްލެކްޝަންސް) ޕޯރޓްފޯލިޔޯގައި ހިމަނާލަންވާނެއެވެ. އެއީ އޭނަކުރި މަސައްކަތާއި ބެހޭގޮތުން އޭނާގެ އަމިއްލަ ހިޔާލުތަކެވެ. ނުވަތަ އެކަންކުރިގޮތާއި ބެހޭގޮތުން އޭނަ އަމިއްލައަށް ދެކޭގޮތެވެ. އެލިޔުން ކޮޅުގައި ދަރިވަރު އަމިއްލައަށް އެދަރިވަރު މިހުނަރު ކުރިއެރުވުމަށް އަމާޒު ކޮށް ކުރި މަސައްކަތް ހާމަކުރަންވާނެއެވެ. މިސާލަކަށް އަމިއްލަ ކުރިއެރުން އަމިއްލައަށް ފެންވަރުބަލައިފައި (ސެލްފް އެސެސްމަންޓް) ނުވަތަ އަމިއްލަ އިހްސާސްތައް ބަޔާންކުރެވޭނެއެވެ. އަދި އެކުދިން މިމަސައްކަތްތައް މިޕޯރޓްފޯލިޔޯގައި ހިމެނީ ކީއްވެކަންވެސް ލިޔެވޭނެއެވެ. އޭގެ އިތުރުން އެކުދިން މަސައްކަތް ކުރިގޮތުގެ ތަފްސީލްދީ އޭގައި ހުރި މަސައްކަތާއި ބެހޭގޮތުން މައުލޫމާތުވެސް ހިމެނިދާނެއެވެ.
ޕޯރޓްފޯލިޔޯ ހެދުމުން ޙާސިލްވާ މައިގަނޑު ޤާބިލިއްޔަތުތައް
ހާސިލްވާ މައިގަނޑު ޤާބިލިއްޔަތުގތަކުގެ ތެރޭގައި، ނަފްސް ދެނެގަތުމާއި ތަންޒީމް ކުރުން، ދޭހަވުމާއި ދޭހަކޮށްދިނުން، ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި
ވިސްނުން، ދެމެހެއްޓެނިވި
ތަރައްގީގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުކުރުން – މިގާބިލިއްޔަތުތައް
ހިމެނެއެވެ. މީގެ އިތުރުންވެސް އައި.ސީ. ޓީ ބޭނުންކޮށްގެންވެސް
ޕޯރޓްފޯލިޔޯހެދޭނެއެވެ. އެއިރުން އެހާސިލްވެގެންދަނީ ޓެކްނޮލޮޖީ އާއި މީޑިއާ ބޭނުންކުރުން،
މިޤާބިލިއްޔަތެވެ.

Comments
Post a Comment