ޑައިގްނޯސްޓިކް އެސެސްމަންޓް

 

 ލިޔުނީ: ނިޢުމާ މުޙައްމަދު


ޑައަގްނޯސްޓިކް އެސެސްމަންޓަކީ ދަރިވަރު މިހާރު ހުރި ފެންވަރު ދެނެގަތުމަށް ނަގާ އެސެސްމަންޓްގެ ބާވަތެކެވެ. ދަރިވަރުންނަށް ލިބެމުންދާ މައުލޫމާތާއި ހުނަރާއި އަދި މިހާހިސާބަށް ދަރިވަރަށް އުނގެނުނު ބައިތަކެއް އެގިފައި ހުރިވަރާއި ނޭނގޭ މިންވަރު ހޯދައިލުމަށް ނަގާ އެސެސްމަންޓެކެވެ. ނުވަތަ މިހާރު ހުރި ހިސާބު ދެނެގަތުމެވެ. މިސާލަކަށް، އާ ސުރުހީއެއް ނަގައިދިނުމުގެ ކުރިން ޑައަގްނޯސްޓިކް އެސެސްމަންޓްއިން ލިބޭ މައުލޫމާތުތައް ބޭނުންކޮށް ފިލާވަޅަށް ތައްޔާރުވުމަށް މުދައްރިސަށް ފަސޭހަ ވެގެންދެއެވެ. ގިނައިން މި އެސެސްމަންޓް ނަގަނީ ސްކޫލެއްގެ އިދާރީ ބޭނުންތަކަށެވެ. މިއީ "ލޯ ސްޓޭކް" އެސެސްމަންޓެކެވެ. އެއީ ދަރިވަރުން ގްރޭޑްކޮށް އެ ނަޒަރިއްޔާތުން ފެންވަރު ވަޒަންކުރުމަށް ބޭނުންކުރާ އެސެސްމަންޓެއް ނޫނެވެ.

 

މިބާވަތުގެ އެސެސްމަންޓަށް "ޕްރީ އެސެސްމަންޓް" އޭ ވެސް ކިޔައެވެ. މި އެސެސްމަންޓް ނަގާ ބޭނުން ނުވަތަ މަޤްސަދު ވަރަށް ބޮޑަށް ސާފުކޮށް އެނަގާ ފަރާތަކަށް އެނގެންވާނެއެވެ. މިގޮތަށް ޑައަގްނޯސްޓިކް އެސެސްމަންޓެއް ސްކޫލެއްގައި ކުރިއަށް ގެންދަން ބޭނުންވާނަމަ ލިޓްރަރީ އަދި ނިއުމެރެސީ ހުނަރުތަކަށް ފޯކަސްކޮށް އެސެސްމަންޓް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތުން ދެވޭ ޑައަގްނޯސްޓިކް އެސެސްމަންޓް ކޮންމެހެން ލިޔުމުން ނަގާ އެސެސްމަންޓަކަށް ވާކަށް ނުޖެހެއެވެ. މިސާލަކަށް: ކިޔުންތެރިކަމާއި ހިތު ހިސާބު، އަނގަބަހުން (އޯރަލްކޮށް) ކުރިއަށް ގެންދެވިދާނެއެވެ.  ބައެއް ކަހަލަ ތަޖުރިބާއާއި އަމަލީ މަސައްކަތްތައް ހަރަކާތްތަކުން ބެލިދާނެއެވެ. އޭގެ ތެރޭގައި ގްރޭޑްގެ ދަރިވަރުންނަށް ޤްރުއާން ކިޔަވަން އިގޭތޯ ބަލައި ލެވިދާނެއެވެ. ދަރިވަރުންނަށް ނަމާދުކޮށްލަން އިގޭތޯ ބަލައި ލެވިދާނެއެވެ. ލިޓްރަރީ ހުނަރުތަކުގެ ތެރޭގައި އިނގިރޭސި އާއި ދިވެހީގެ ހަތަރު ހުނަރަށް ވެސް ފޯކަސް ކުރެވިދާނެއެވެ. މިސާލަކަށް، ދަރިވަރުންގެ ލިޔުންތެރިކަމާއި ކިޔުންތެރިކަން ހުރި ހިސާބު ދެނެގެނެވިދާނެއވެ.

 

ސްކޫލުގައި ޑައަގްނޯސްޓިކް އެސެސްމަންޓް ނަގަން ބޭނުންނަމަ ހުރިހާ ހުނަރެއް ކޮންމެ ޓާރމަކު ބަލާކަށް ނުޖެހެއެވެ. އަދި ހުރިހާ މާއްދާއެއްވެސް ނުބެލި ދާނެއެވެ. މިސާލަކަށް، ޕްލޭން ކުރުމުގައި އާއަހަރު ފެށޭއިރު ސްކޫލްގެ ދަރިވަރުންގެ ކިޔުންތެރިކަން ކުރިއަރުންވަން ބޭނުންވާނަމަ ދަރިވަރުން މިހާރު ހުރި ހިސާބު ބަލައިލަން އެކި ލެވެލްގެ ރީޑިން ކާޑްސް ތަކެއް ތައްޔާރުކޮށް ޑައަގްނޯސްޓިކް އެސެސްމަންޓް ކުރިއަށް ގެންދެވިދާނެއވެ. ދެން ދަރިވަރުންގެ ލެވެލްތައް އެނގުމުން މިދަރިވަރުންގެ އުނގެނުން ކުރިއަށް ގެންދިއުމަށް ފަސޭހަވާނެއެވެ.  ކުލާހެއްގެ ހުރިހާ ކުދިން އެސެސްނުކޮށް ރެންޑަމް ސާންޕަލިން އަކަށް ފޯކަސްކޮށް  ކުރިއަށް ގެންދެވިދާނެއެވެ.

 

ލިބޭ ފައިދާތައް


-         ދަރިވަރުންނަށް ކުރިން އެނގިފައިވާ މައުލޫމާތުތައް ހޯދައިލުން (ޕްރައަރ ނޮލެޖް)

-         އުނގެމުގެ ތެރޭގައި ފިލާވަޅުން އެނގުނު އެއްޗެއް ހޯދައިލުން

-         މުދައްރިސުންނަށް ދެން ފިލާވަޅަށް ގެންނަންވީ ބަދަލުތައް އެނގި  އަދި ކިޔަވައިދޭން ދެން ހުރި ބައިތައް ދަރިވަރުން ޝައުޤުވެރިކުރުވާގޮތަށނަގައިދެވޭނެ

-         ދަރިވަރުންނަށް މުދައްރިސު ނަގައިދޭ ފިލާވަޅުތަށް އަގުކުރުވި އެފިލާވަޅުތަކުގެ ބޭނުންތައް އެނގި ދެން ކިޔަވައިދޭ ބައިތަކަށްދޭ ސަމާލުކަންދޭ މިންވަރު އިތުރުވެގެންދާނެ

-         މުދައްރިސުންނަކީ ދަރިވަރުންނާއި ދޭތެރޭ އަޅައިލާ އަދި އެކުދިން ކުރިއަރުވަން މަސައްކަތް ކުރާ ބައެއްކަން ބޮޑަށް އެނގިގެންދާނެ

 

ބައެއް ބޭނުންތައް

 

ޑައިގްނޯސްޓިކް އެސެސްމަންޓް ސްކޫލުގެ އިދާރީ ބޭނުމަށް ވެސް ނެގިދާނެއެވެ. މިގޮތުން މުދައްރިސުންގެ ކިޔަވައިދިނުމުގެ ފެންވަރު ވަޒަން ކުރުމަށްވެސް ބޭނުންކުރެވޭނެއެވެ. ހަމަ އެއާއެކު ދަރިވަރުންނަށް އުނގަންނައި ދިނުމަށް މުދައްރިސުން ބޭނުންކުރާ ވަށްޓަފާޅިއާއި އުކުޅުތައް ކަމުދޭތޯބަލަންވެސް ނެގިދާނެއެވެ. ޤައުމީ ފެންވަރެއްގައި ރަސްމީކޮށް ސްކޫލްތައް ވަޒަން ކުރުމަށް ވެސް ނެގިދާނެއެވެ.

 

މިބާތުގެ އެސެސްމަންޓް ނެގުމުގައި ސަމާލުކަންދޭންވީ ކަންތައްތައް

 

އެސްމަންޓް ނަގާ ބޭނުމާއި މަޤްސަދު އެނަގާ ފަރާތަކަށް ވަރަށް ސާފުވާން ޖެހޭނެއެވެ. އަދި ޑައަގްނޯސް ކުރަން ބޭނުންވާ ދާއިރާތައް ވެސް ތަފްސީލް ވާންޖެހޭނެއެވެ. މިއީ ސްކޫލްގެ އިދާރީ ބޭނުމަކަށް ނަގާ އެސެސްމަންޓަކަށް ވާތީވެ މިއީ ދަރިވަރުންނާއި ބެލެނިވެރިންނަށް އަންގައިގެން ކުރާކަމެއް ނޫނެވެ. އަދި ނަތީޖާވެސް ދަރިވަރުންނާއި ބެލެނިވެރިންނާއި ހިއްސާއެއް ނުކުރާނެއެވެ .  ސްކޫލް މެނޭޖްމަންޓްއިން އިސްވެ ކުރާނަމަ މިއީ ޓީޗަރުންނަށްވެސް އެނގިގެން ކުރާ ކަމެއް ނޫނެވެ. ނަމަވެސް ހޯދި ހޯދުންތަށް ބޭނުންކޮށް މުދައްރިސުންގެ ކިޔަވައިދިނުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ރިއާއަތްކޮށް މަޝްވަރާ ބައދަލުވުންތައް ބާއްވާ ތަމްރީންތަށް ވެސް ރާވައި ހިންގި ދާނެއެވެ.

 

Comments

Popular posts from this blog

ޤައުމީ މަންހަޖުގައި ކަނޑައަޅައިފައިވާ ފެންވަރުބަލައި ވަޒަންކުރުން: ދަރިވަރުންގެ ފެންވަރު ބަލައި، ވަޒަންކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލަށް ނަޒަރެއް

ފޯރމެޓިވް އެސެސްމަންޓް: ސެލްފް އެސެސްމަންޓް

މާނަހުރި ގޮތެއްގައި އުނގެނުމާއި ހިތުދަސްކުރުމުގެ ތަފާތު