ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު
ލިޔުނީ: ނިޢުމާ މުޙައްމަދު
ދިވެހިރާއްޖޭގެ މަދުރަސީ ތައުލީމުގެ ޤައުމީ އާމަންހަޖެއް
މިވަނީ 2015 ގައި ތަންފީޒުކުރެވިފައެވެ .މިއީ 21 ޤަރުނުގެ
ދަރިވަރުންނަށް ވަރަށް ބޮޑަށް އަމާޒުކޮށްގެން ފަރުމާ ކުރެވިފައިވާ
ވަރަށް ފުރިހަމަ ނަމޫނާ
މަންހަޖެކެވެ. މި މަންހަޖު ފަރުމާ ކުރެވިފައިވަނީ ދިވެހި ކޮންމެ ދަރިއަކީ
އުނގެނުމާއި ހޯދާބެލުމަށް ޝައުޤުވެރިވާ، އިސްލާމީ ޢަޤީދާ ވަރުގަދަ، ދިވެހި
ޤައުމިއްޔަތު ދަމަހައްޓާ، ޒިންމާދާރު، އުފެއްދުންތެރި އަދި ޤާބިލު ފަރުދަކަށް ހެދުމަށެވެ.
މަންހަޖުގެ ތަސައްވުރަކީ ދިވެހިދަރިން ދިރިއުޅުމަށް ތައްޔާރު ކުރުމެވެ. މި
މަންހަޖުގެ އުނގެނުން އަމާޒުކުރާ 3 ދާއިރާއެއް ވެއެވެ. އެއީ އަގުތަކާއި ސިފަ،
ހުނަރާއި، މައުލޫމާތު ދެނެގަތުމެވެ. އަދި މަންހަޖުގައި މަދަރުސީ ތައުލީމު
ބެހިފައިވަނީ 4 ބައަކަށެވެ. އެއީ ޅަފަތުގެ ތަޢުލީމާއި
ތަރުބިއްޔަތު، ފަށާ ތައުލީމު، ދަށު ސާނަވީ ތައުލީމާއި އަދި
މަތީ ސާނަވީ ތައުލީމެވެ އަދި
މި މަރުހަލާތައް
ވަނީ 6
ކީސްޓޭޖަށް ބަހާލެވިފައެވެ
އެއީ ފައުންޑޭޝަން ސްޓޭޖްއިން އިން ފެށިގެން ކީސްޓޭޖް 5 އަށެވެ (ދިވެހިރާއްޖޭގެ
މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު، 2014).
މި މަންހަޖަކީ ދިވެހި ދަރިންގެ ކުރިއރުމަށް ހެދިފައިވާ
މުހިންމު ޤައުމީ ސިޔާސަތެކެވެ. އަދި މަންހަޖަކީ
އުނގެނުމާއި އުނގަންނައިދިނުމުގެ އެންމެ މުހިންމު ތައުލީމީ އެއް ސިޔާސަތެވެ.
މީގައި ދިވެހިރާއްޖޭގެ ސުކޫލުތަކުގައި އުނގެނުމާއި އުނގަންނައިދިނުން
ރޭވިވިފައިވާގޮތްތައް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ހުރިހާ
މަރުހަލާއެއްގައި ތައުލީމު ކުރިއަށް ގެންދަންވީގޮތުގެ މައުލޫމާތު ވެއެވެ.
މަންހަޖުގެ ޒަރީއާއިން މައުލޫމާތު އުނގަންނައިދިނުމާއި ދެވޭ ތައުލީމުގެ ބޭނުން، ދިރިއުޅުމުގައި
ހިފާނެގޮތުގެ ހުނަރުވެރިކަން ހޯދައިދިނުމަށް ދަރިވަރުންނަށް އެހީތެރިވެދޭނެއެވެ.
މިސާލަކަށް، ތަފާތު ހުނަރުތައް އުނގެނުމުގެ ތެރެއިން ތަރައްޤީ ކުރުމަށް މަންހަޖު
ބާރުއަޅައެވެ. އޭގެ އިތރުރުންވެސް އުނގެނުމުގެ އަމަލީ ތަޖުރިބާތައް އުނގެނުމާއި
އުނަގަންނައި ދިނުމުގެ ތެރޭގައި ކުރިއަށް ދާނެއެވެ (ދިވެހިރާއްޖޭގެ މަދަރުސީ
ތައުލީމުގެ ޤައުމީ މަންހަޖު، 2014).
ޤައުމީ މަންހަޖު އެކުލަވާލައިފައި މިވަނީ މައިގަނޑު 8
އަސާސެއްގެ މައްޗަށެވެ. މި އަސާސްތަކަކީ (1) އިސްލާމް ދީން (2) ދިވެހި
ވަންތަކަމާއި ސަގާފަތް (3) އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާއި އަދުލު އިންސާފު
(4) ދަރިވަރުންގެ ޖުމުލަ ތަރައްގީ (5) ދަރިވަރުންގެ ގާބިލުކަންހުރި އެންމެ މަތީ
ދަރަޖައަކަށް ދިއުމަށް މަގުފަހިކޮށްދިނުން (6) ހުރިހާ ކުދިން ޝާމިލުކުރުން (7)
ދިރިއުޅުމަށް ތައްޔާރުކުރުން އަދި (8) އުނގެނޭ އެއްޗަކާ
ދިރިއުޅުމާ ގުޅުވުން ހިމެނެއެވެ.
މިއަސާސްތަކުގެ އިތުރުން ދަރިވަރުންގެ ކިބައިގައި
ހަރުލައްވަން ބޭނުންވާ 8 ޤާބިލިއްޔަތެއް ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވެއެވެ.
އެ ޤާބިލިއްޔަތުތަކަކީ: (1) އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރުން (2) ނަފުސު
ދެނެގަތުމާއި ތަންޒީމުކުރުން (3) ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި
ވިސްނުން (4) އެހެން މީހުންނާ ގުޅިގެން އުޅުން (5) ދޭހަވުމާއި ދޭހަކޮށްދިނުން (6)
ދުޅަހެޔޮ ދިރިއުޅުމެއް އުޅުން (7) ދެމެހެއްޓެނިވި ތަރައްޤީއަށް ޢަމަލުކުރުން އަދި
(9) ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން އެވެ. މި
ޤާބިލިއްޔަތުތަކަކީ ކޮންމެ ދިވެހި ދަރިއަކަށްވެސް ދިރިއުޅުމަށް ބޭނުންވާނެ
މައުލޫމާތާއި ހުނަރާއި ސިފަ މަދަރުސީ ތައުލީމުގެ ނިޒާމުން ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށްޓަކައި ހިމަނާފައިވާ ޤައުމީ މަންހަޖުގެ
ވަރަށް މުހިންމު ބައެކެވެ. މި ބައިތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުހަލާއާއި، ފަށާތައުލީމުގެ
މަރުހަލާގައި އުނގަންނައިދިނުން ފަރުމާކޮށްފައިވާނީ އުނގަންނައިދިނުމުގެ ދާއިރާތައް ގުޅުވާލައިގެން މިބަތަކާއެކު
ލާމެހިގެން އުނގެނޭގޮތަށެވެ (ދިވެހިރާއްޖޭގެ
މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު، 2014).
މަންހަޖުގައި އުނގެނުން ބަހައިލެވިފައިވަނީ މައިގަނޑު 8
ދާއިރާއަކަށެވެ. މިދާއިރާތަކަކީ ޤައުމީ މަންހަޖުގެ އަމާޒު ކަމުގައިވާ ދަރިވަރުން
ދިއުޅުމަށް ތައްޔާރު ކޮށްދިނުމަށް ވަރަށް މުހިންމު ދާއިރާތަކެކެވެ. މި ބައިތައް
ކުރިއަށް ދާއިރު އަގުތަކާއި ސިފަ، ހުނަރާއި، މައުލޫމާތު ދާނީ މިބައިތަކުގެ
ތެރޭގައި އެކުލެވިގެން ފޯރުކޮށްދެމުންނެވެ. މިއީ ވަށާޖެހޭ ތައުލީމެއްގައި
ހުނަންޖެހޭ މުހިންމު ދާއިރާތަކެކެވެ. އެގޮތުން މިއީ ދަރިވަރެއްގެ މުޅި ޖުމުލަ
ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ދާއިރާތަކެކެވެ. މި ދާއިރާތަކަކީ (1)
އިސްލާމްދީނާއި ރޫހާނިއްޔަތު (2) ބަހާއި މުއާސަލާތު (3) ހިސާބު އިލްމު (4)
ތިމާވެށްޓާއި ސައިންސާއި ޓެކްނޮލޮޖީ (5) ސިއްހަތާއި ދުޅަހެޔޮކަން (6) އިޖުތިމާއީ
އީލްމު (7) އުފެއްދުންތެރި ފަންނު އަދި (8) އޮންޓޮޕްރޮނިއަރޝިޕް
އެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު، 2014).
މި މަންހަޖުގައި ތަޢުލީމު ދިނުމުގެ ހުރިހާ މުހިންމު ބައިތަކާއި ދަރިވަރުން ހާސިލު ކުރަން ބޭނުންވާ ހުރިހާކަމެއް ފުރިހަމައަށް
ހިމެނިފައިވެއެވެ. އުނގެނުމާއި އުނގަންނައިދިނުން
ރާވާލެވިފައިވާގޮތުގެ ތަފުސީލާއި، ދަރިވަރުން ފެންވަރުވަޒަން ކުރާނެ ގޮތްތަކުގެ ތަފްސީލްވެސް
ހިމަނާފައިވެއެވެ. ދިވެހިރާއްޖޭގެ މަދަރުސީ
ތަޢުލީމުގެ ޤައުމީ މަންހަޖު (2014) ގައި ބަޔާންކޮށްފައި ވާގޮތުން މުޅި ނާރެހަކީ
ދަރިވަރުންނެވެ. މިގޮތުން މަންހަޖުގައި ބާރުއަޅައިފައި މިވަނީ ކޮންމެ
ދަރިވަރަކަށްވެސް އެދަރިވަރެއްގެ އުމުރާއި ފެންވަރާގުޅޭ އުނގެނުމުގެ ތަފާތު ކަންކަމުގައި ޙަރަކާތްތެރިގޮތެއްގައި ބައިވެރިކުރުމަށެވެ.
އަދި ހާއްސަ ސަމާލުކަމެއް ދީގެން އެދަރިވަރެއްގެ ކިބައިގައި ހުރި ނަފުސުގެ ޤާބިލުކަން
ހޯދައި، އޭގެ ބޭނުން އެންމެ
ފުރިހަމަގޮތުގައި މުދައްރިސުން އުނގަންނައި ދިނުމުގައި ބޭނުންކުރަން ޖެހެއެވެ.
އެއާއެކު ޝާމިލު ވެށްޓެއްގައި ދަރިވަރުން އިތުރަށް ތަރައްޤީ ކުރުމުގެ ފުރުސަތުތައް
މިމަންހަޖުން ފަހިކޮށްދޭނެއެވެ.
ރެފަރެންސް:
-
ދިވެހިރާއްޖޭގެ
މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު (2014)، ނެޝަނަލް
އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން މާލެ،
ދިވެހިރާއްޖެ

Comments
Post a Comment