ފިލާވަޅު ނިންމުން: އުނގަންނައި ދިނުމުގެ މުހިންމު ބައެއް
ލިޔުނީ: ނިޢުމާ މުޙައްމަދު
ލެސަންޕްލޭން ހަދައި
ފިލާވަޅު ތައްޔާރުކުރާއިރު ވަރަށް ގިނަ މުހިންމު ބައިތައް އެކުލެވިފައިވެއެވެ.
އެގޮތުން އާއްމު ބައިތަކުގެ ތެރޭގައި 1)
ފިލާވަޅު ފެށުން، 2) މައިގަނޑު 3)
ނިންމުން ހިމެނެއެވެ. މި 3 ބައި ވެސް މިއީ
ލެސަންޕްލޭނެއްގެ ވަރަށް ބޭނުންތެރި ބައިތަކެކެވެ. މިގޮތުން މިބަލައިލަނީ ފިލާވަޅުގެ ނިންމުމަށެވެ. މިއީ ލެސަން ޕްލޭންގައި
ލިޔެވިފައިވިއަސް ވަރަށް ގިނަފަހަރަށް ވަގުތަށް ސަމާލުކަން ނުދެވިއްޖެނަމަ
މުދައްރިސުންނަށް ފުރިހަމައަށް ނުގެންދެވޭ ބައެކެވެ.
ނަމަވެސް ފިލާވަޅެއްގެ
ނިންމުމަކީ ވަރަށް ރަނގަޅަށް ހުރިހާ މުދައްރިސުންވެސް ތައްޔާރުވާންޖެހޭ ބައެކެވެ. ނިންމުން ފުރިހައަށް
ގެންދެވިއްޖެނަމަ އެދުވަހުގެ އުނގެނުން ކާމިޔާބުވި މިންވަރު މުދައްރިސަށް ފަސޭހަ
ކަމާއެކު އެސެސްކޮށްލެވެއެވެ. މިއީ ދަރިވަރުންނަށް މުޅިފިލާވަޅުގައި "ލާރނިންގ
ރިފްލެކްޓް" ކޮށްލަން ލިބޭ ވަރަށް ފަހި އަދި އެހާމެ ބޭނުންތެރި ބައެކެވެ. ފައިދާވަނިވި ގޮތަކަށް ގެންދެވޭ "ކުލޯޒަރ"
ނުވަތަ ނިންމުމުގެ ސަބަބުން ނަގައިދިން ފިލާވަޅު ދަރިވަރުންނަށް ފަސޭހައިން ދޭހަވެ
ކުރިން އެނގިފައިވާ މައުލޫމާތާއި އަލަށް އެނގިގެންދިއަ މަޢުލޫމާތު ގުޅުވާލަން
ފަސޭހަވެއެވެ. ފުރިހަމައަށް ގެންދެވޭ ފިލާވަޅުގެ ނިންމުމެއްގައި މުދައްރިސަށް މުޅި
ފިލާވަޅު ޖުމުލަގޮތެއްގައި ހުލާސާކޮށް ދަރިވަރުންނަށް ދޭހަވި މިންވަރު ވަރަށް
ފަސޭހައިން ހޯދާލެވެއެވެ.
ފިލާވަޅުގެ ނިންމުން
އަބަދު މިގޮތަށް ރާވައިގެން ކުރިއަށް ގެންދާނަމަ ދަރިވަރުން ފިލާވަޅަށް ސަމާލިކަންދިނުން
އިތުރު ވެގެންދާނެއެވެ. ދަރިވަރުންނަށް އޭރުން ފާހަގަ ވެގެންދާނީ މުދައްރިސު
ފިލާވަޅު ނިންމުމުގައި ފިލާވަޅާއި ބެހޭގޮތުން ސުވާލު ކުރުމާއި އިތުރު ހަރާކާތްތައް
ހިންގައިގެން ދަސްވި ބައިތައް އެބަ އޮޅުންފިލުވާ ކަމެވެ. ވީމާ މުދައްރިސުގެ
ސުވާލުތަކަށް ޖަވާބު ދެވޭނީ އެމީހުން ފިލާވަޅަށް ސަމާލުކަން ދިނީމައެވެ.
ފިލާވަޅުގެ ނިންމުން
ރޭވުމުގައި ބައެއްފަހަރަށް ދަރިވަރުންނަށް އެނގިގެން ދިއަ އާ ހިޔާލުތަކާއި
ކުރިއަށް އޮތް ފިލާވަޅުގެ ސުރުހީއަށް އަލި އަޅުވާލެވެއެވެ. މިގޮތުން ކުރިއަށް އޮތް
ފިލާވަޅުގައި އެކުދިން ބޮޑަށް ކިޔަންވަން/އުނގެނެން ބޭނުންވަނީ ކޮންބައެއްކަން
ވެސް އެކުދިން ކައިރިން އަހާލެވިދާނެއެވެ. ގިނަފަހަރަށް މާބޮޑު ތައްޔާރިއެއްނުވެ
ސުވާލުތަކަކުންވެސް ފިލާވަޅު ނިންމާލެވިދާނެއެވެ. އަދި ފިލާވަޅާއި ގުޅޭގޮތުން
ދަރިވަރުންގެ ހުރި ހިޔާލުތަކާއި ކަންބޮޑުވުންތައްވެސް ނިންމުމުގައި މުދައްރިސަށް
އަޑުއަހާވެސް ލެވިދާނެއެވެ.
ދަރިވަރުން އުނގެނުމަށް
ބޮޑަށް ޝައުޤު ވެރިކުރުވަން ބޭނުންނަމަ "ކްލޯޒަރ" ނުވަތަ ނިންމުމުގައި
ބޭނުން ކުރެވިދާނެ އެސެސްމަންޓް ޓޫލްތައް ވަރަށް ގިނައެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ މިބައި
ގިނަފަހަރަށް ފުރިހަމަ ކުރެވެނީ މުދައްރިސުން ގަޑިއަށް ފަރުވާތެރި ވެގެން ކަމެވެ.
ގެންދެވިދާނެ ހަރަކާތްތައް
1) ރިފްލެކްޓިވް ބީޗް ބޯލް
ނިންމުން ވަރަށްމަޖާ
ގޮތަކަށް ގެންދަން ބޭނުންނަމަ "ރިފްލެކްޓިވް ބީޗް ބޯލް" ކުޅެވިދާނެއެވެ. މި ގޮތައް މިހަރަކާތް
ގެންދަނީ ބޯޅައެއްގައި ފިލާވަޅުން "ރިފްލެކްޓް" ކޮށްލަން ބޭނުންވާ
ސުވާތައް ލިޔެގެންނެވެ.
މިސާލަކަށް:
• މިފިލާވަޅުން އެންމެ ބޮޑަށް އެނގިގެންދިޔަ އެންމެ އެއްޗެއް؟
• ފިލާވަޅުން ދިމާވިގޮންޖެހުމެއް؟
• ފިލާވަޅު ގެންދިޔަގޮތާއި ބެހޭ ގޮތުން ކުރެވޭއިޙްސާސްތައް؟
• ފިލާވަޅުން އެންމެ ޝައުޤުވެރިވި ކަމެއް؟
• އެއްވެސް އެހެންކުއްޖަކަށް އެހީތެރިވެވުނުތަ؟
• މިއަދު ކިޔެވި ފިލާވަޅުން އެއްވެސް ބައެއް އެހެން މާއްދާއަކުން ކިޔަވައި
ދެވުނުތަ؟
• މިއަދު އެނގުނު މަޢުލޫމާތުތައް ޚުލާސާކޮށް ކިޔައިދެވިދާނެތަ؟
މިފިލާވަޅު ކުރިއަށް
ގެންދިއުމަށް ކުދިންލައްވާ ވަށްބުރެއް ހަދާލެވިދާނެއެވެ. ދެން މުދައްރިސުގެ
އިރުޝާދާއެކު އެއްދަރިވަރަކު އަނެއްދަރިވަރަކަށް ބޯޅަ އެއްލާނީއެވެ. ބޯޅަ ހިފޭ
ދަރިވަރުން އޭގެން ސުވާލަކަށް ޖަވާބުދޭނީއެވެ. ޖަވާބުދިނުމަށް ފަހު އެހެން
ދަރިވަރަކަށް އަނެއްކާ ބޯޅަ އެއްލާނީއެވެ. ސްކޫލުގެ ގޯތިތެރޭގައި ތިބެ މިހަރަކާތް ކުރިއަށްގެންދިއުމުން
ވަރަށް މަޖާވާނެއެވެ. ނިންމުން ކުރިއަށް ގެންދާއިރު ގިނަ ކުދިންނަށް ފުރުސަތު ދިނުން
ވަރަށް މުހިންމެވެ.
2) އެގްޒިޓް ސްލިޕް ނުވަތަ
އެގްޒިޓް ޓިކެޓް
އެގްޒިޓް
ސްލިޕް ނުވަތަ އެގްޒިޓް ޓިކެޓް އަކީ
ތައްޔާރުކޮށްލަން ވަރަށް ފަސޭހަ ހރަކާތެކެވެ. މި ބައަށް "ފިލާވަޅު ނިމުމުގެ
ކުރިން" މިހެން ވެސް ކިއިދާނެއެވެ. އަދި ތިރީގައިވާ ނަމޫނާ އާއި އެއްގޮތަށް
ކަރުދާސް ތައްޔާރުކޮށްލާފައި ބެހެއްޓުމުން މުދައްރިސަށް މިބައި ވަރަށް ފަސޭހަ
ކަމާއެކު ހިމަނައިގެން ފިލާވަޅު ނިންމާލެވިދާނެއެވެ.
|
ފިލާވަޅު ނިމުމުގެ ކުރިން
ނުވަތަ އެގްޒިޓް ޓިކެޓް (ނަމޫނާ 2) ސުރުހީ: ތާރީހް: |
|
|
އަޅުގަނޑަށް މިއަދުގެ
ފިލާވަޅުން ދަސްވި 3 އެއްޗެއް/ކަމެއް |
|
|
1 |
|
|
2 |
|
|
3 |
|
|
އަޅުގަނޑު މިއަދު
ފިލާވަޅުން ޝައުޤުވެރުވި 2 އެއްޗެއް/ކަމެއް |
|
|
1 |
|
|
2 |
|
|
އަޅުގަނޑު މިއަދުގެ ފިލާވަޅުން މުދައްރިސާއި
ކޮށްލަން ބޭނުންވާ 1 ސުވާލު |
|
|
1 |
|
|
ފިލާވަޅު ނިމުމުގެ
ކުރިން ނުވަތަ އެގްޒިޓް ޓިކެޓް (ނަމޫނާ 2) ސުރުހީ: ތާރީހް: |
|
މިއަދުގެ ފިލާވަޅު
ކުރިއަށް ދިއައިރު ކުރެވުން އިހްސާސްތަކަކީ ކޮބާ؟ |
|
|
|
ފިލާވަޅުން އެންމެ
ބޮޑަށް ފާހަގަވި 3 ކަމެއް |
|
|
|
އަޅުގަނޑު މިއަދުގެ ފިލާވަޅުން އަދި އޮޅުން
ނުފިލާ ބައެއް/ބައިތައް |
|
|
Comments
Post a Comment