ޤައުމީ މަންހަޖުން: މައިގަޑު ޤާބިލިއްޔަތައް ނަޒަރެއް
ލިޔުނީ: ނިޢުމާ މުޙައްމަދު
ޤައުމީ މަންހަޖުގައި މައިގަޑު 8 ގާބިލިއްޔަތު ހިމެނިފައިވެއެވެ. މި ގާބިލިއްޔަތުތައް ބިނާވެފައިވާނީ މައުލޫމާތާއި އަމަލީ ހުނަރުތަކަކާއި އަގުތަކަކާއި ސިފަތަކާއި އަދި އިޖުތިމާއީ އެހެނިހެން ސުލޫކުތަކުގެ މައްޗަށެވެ. މިޤާބިލިއްޔަތުތަކަކީ ގުޅި ލާމެހިފައިވާ ޤާބިލިއްޔަތުތަކެކެވެ. ކިޔެވުމާއި އުނގެނުމުގެ މައިގަނޑު ދާއިރާތައް ބިނާވެފައިވަނީ މިޤާބިލިއްޔަތުތަކުގެ ބިންގަލުގެ މައްޗަށެވެ. މިޤާބިލިއްޔަތުތައް ހަރުދަނާގޮތެއްގައި ދަރިވަރުންނަށް ހާސިލުކޮށްދެވޭނީ އުނގެނުމުގެ މާހައުލުން ދަރިވަރުންނަށް މިޤާބިލިއްޔަތުތައް އަށަގަންނުވަން ފުރުސަތުތަކެއް ފަހިކޮށްދެވިގެންނެވެ. މިސާލަކަށް އަމަލީގޮތުން ދަރިވަރުން ލައްވައި ކަންތައްތަކެއް ސްކޫލުގައިއާއި ގޭގައި ކުރުވައިގެންނެވެ. ހަމައެއާއެކު އުނގަންނައިދިނުމާއި ފެންވަރުވަޒަން ކުރުމުގެތެރެއިންވެސް މައިގަޑު ޤާބިލިއްޔަތުތަކަށް އަހަންމިއްޔަތުކަންދީގެންނެވެ. ދަރިވަރުންނަށް އުނގަންނައިދިނުމުގައި ވިސްނަންވީ އެކި ދަރިވަރުންގެ އުނގެނުމުގެ ގޮތްތައް ތަފާތު ވާނެކަމެވެ. މިތަފާތުތަކަށް ރިއާއަތްކޮށް އުންގަންނައިދިނުން ބައްޓަންކުރަންވާނެއެވެ. އުނގަންނައިދޭންވާނީ ތަފާތު އުޞޫލުތައް ބޭނުންކޮށްގެންނެވެ. އަދި އުނގެނުމުގެ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމަށް މަގުފަހިވާގޮތަށް ފިލާވަޅުތައް ބައްޓަންކޮށްގެންނެވެ. ދަރިވަރުން އެކިކަންކަން ކުރުމަށް ބާރުއަޅާ ތަފާތު ފުރުސަތުތައް ހޯދައިދީ އަމަލީގޮތުން ބައިވެރިކޮށްގެންނެވެ. ޤައުމީ މަންހަޖުގައި ފާހަގަ ކޮށްފައިވާ މައގަނޑު ޤާބިލިއްޔަތުތަކަކީ:
1. އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރުން
2. ނަފުސު ދެނެގަތުމާއި ތަންޒީމުކުރުން
3. ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި ވިސްނުން
4. އެހެން މީހުންނާ ގުޅިގެން އުޅުން
5. ދޭހަވުމާއި ދޭހަކޮށްދިނުން
6. ދުޅަހެޔޮ ދިރިއުޅުމެއް އުޅުން
7. ދެމެހެއްޓެނިވި ތަރައްޤީއަށް ޢަމަލުކުރުން
8. ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން
އުނގަންނައިދިނުމާއި ފެންވަރު ވަޒަން ކުރުމުގައި މިޤާބިލިއްޔަތުތައް
އަބަދުވެސް ކުރިއަށް ދާނީ ފިލާވަޅުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ފުރިހަމައަށް
ތައްޔާރުކުރެވޭ ފިލާވަޅެއްގައި އަބަދުވެސް މައިގަޑުޤާބިލިއްޔަތުގެތެރެއިން 3
ނުވަތަ 4 ޤާބިލިޔަތެއް އުގެނުމުގެތެރޭގައި ހިމެނި ކުރިއަށްދާތަން ފެނިގެންދާނެއެވެ. މިސާލަކަށް ކޮންމެ ފިލާވަޅެއް
ތައްޔާރުކުރަންވާނީ ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތެއްގައި ވިސްނުން
ބޭނުންކޮށްގެން އުނގެނޭގޮތަށެވެ. ނުވަތަ ތަފާތުގޮތްގޮތައް މުއާމަލާތް ކުރެވޭ
ގޮތައް ފިލާވާޅުތައް ރާވައިލަންވާނެއެވެ. މިސާލަކަށް މުދައްރިސުންނާއި ދަރިވަރުން
ނުވަތަ ދަރިވަރުންނާއި ދަރިވަރުން މުޢާމަލާތްކުރާގޮތަށެވެ. ކުލާހުގައި ކުރާ އަމަލީ
މަސައްކަތްތަކާއި ތަޖުރިބާތައް ކުރެވެމުންދާނީ އެކަކު އަނެކަކާއި ގުޅިގެންއުޅެ
ހިއްސާކުރާ އަގުތަކާއެކުއެވެ. ދަރިވަރުން ކުލާހުގައި ހޭދަކުރާ ކޮންމެ ވަގުތަކީވެސް ދަރިވަރުންގެ އަމިއްލަ ބައިވެރިވުން ފުޅާ
ވަގުތުތަކަކަށްވާންޖެހެއެވެ. މުދައްރިސުން ކިލާހުގެ ހަރަކާތްތައް
ބައްޓަންކުރަންވާނީ ދަރިވަރުންނަށް އެކިގޮތްގޮތަށް ޝައުޤުވެރިކަމާއެކު
ބައިވެރިވެވޭ ގޮތަށެވެ.
ދަރިވަރުންނަށް އުނގަންނައި ދިނުމުގައި ވިސްނަންވީ އެއްކަމަކީ އެކި
ދަރިވަރުންގެ އުނގެނުމުގެ ގޮތްތައް ތަފާތު ވާނެކަމެވެ. ދަރިވަރުންގެ ތަފާތުތައް
ދަނެގަނެ އުނގަންނައިދޭންވާނީ އެކިދަރިވަރުންގެ އުގެނުން ކުރިއަރައި
ފަހިވާގޮތަށެވެ. ދަރިވަރުންނަށް އުނގަންނައިދީ ތަރުބިއްޔަތު ކުރުމުގައި ތަފާތު
އުގެނުމުގެ “ޓޫލްސް” ތަކާއި އުސޫލުތައް ބޭނުންކޮށްގެންނެވެ. އަދި އުނގެނުމުގެ
ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވުމަށް މަގުފަހިވާގޮތަށް ފިލާވަޅުތައް
ބައްޓަންކޮށްގެންނެވެ. ފިލާވަޅުތައް ފުރިހަމައަށް ބަށްޓަންކުރުމުގައި މައިގަޑު
ޤާބިލިއްޔާތު ވަރަށް އިސް ރޯލެއް ކުޅެއެވެ. މައިގަޑު ޤާބިލިއްޔަތަކަށް ބާރުއަޅައި
ވިސްނައިގެން ފިލާވަޅުތައް ތައްޔާރުކުރާނަމަ ދަރިވަރުންގެ އުގެނުން ފަސޭހަވެ
ފިލާވަޅުތަކުގެ މަގްސަދުތައް ހާސިލްވާން ފަސޭހަވެގެންދާނެއެވެ. ދަރިވަރުންގެ ކިބައިގައި ދާނީ ދިރިއުޅުމުގެ
ހުނަރުތައް ވެސް އަށަގަންނުވައި ޤައުމީ މަންހަޖުގެ އަމާޒަށް ވެސް ވާސިލްވުމަށް ފަސޭހަވެގެންދާނެއެވެ.
މައިގަޑު ޤާބިލިޔަތުތައް އެސެސްކުރުމަށްވެސް މިވަނީ ރިޕޯރޓްފޯމުގައި
ހިމެނިފައެވެ. މިގޮތުން މީމީސް (މޯލްޑިވްސް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް)
ގައި ކޮންމެ ޓާރމަކު ރިޕޯޓްކުރަންޖެހެއެވެ. ދަރިވަރުގެ އުނގެނުން ކުރިއަށް
ދިއުމާއެކުއެކީ މައިގަޑު ޤާބިލިއްޔަތުތައް އެދަރިވަރުންގެ ކިބައިން ފެނޭތޯ ބަލަމުން ގެންދަންޖެހެއެވެ. މިގޮތަށް
މީ.މީ.ސް ގައި ދެވިފައިވާ ރުބްރިކްސްގައި ހިމެނިފައިވަނީ 3 ބައެކެވެ. އެއީ،
އަބަދުވެސް ފެނޭ، ގިނަފަހަރު ފެނޭ، އާއި ބައެއްފަހަރު ފެނޭއެވެ. ވީމާ މައިގަޑު
ޤާބިލިއްޔަތުތައް ދާއިމީގޮތެއްގައި އެސެސްކުރުމަށްފަހު މީ.މީ.ސް އަދާހަމަކުރަން
ޖެހެއެވެ.
މިގޮތުން މައިގަނޑު ޤާބިލިއްޔަތުގެ ތެރެއިން އެޓާރމެއްގައި މީ. މި. ސް ގައި
ރިޕޯރޓްކޮށް ވަޒަންކުރާނެ ބައިތައް ދިރާސީ އާއަހަރު ފެށުމާއެކު ކަނޑައަޅަން
ޖެހެއެވެ. ކޮންމެ ޓާރމެއްގައި ރިޕޯރޓްކުރާނެ މައިގަޑު ޤާބިލިއްޔަތުތަކެއް
ކަނޑައެޅުމަކީ ވަރަށް މުހިންމުކަމެކެވެ. އެގުރޭޑަކަށް ކިޔަވައިދޭ ހުރިހާ ޓީޗަރުން
އެކުގައި ނުވަތަ އެއް ޓީމެއްގެ ގޮތުގައި މަޝްވަރާކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އަދިހަމަ މިއާއެކު
އަހަރުގެ އެކި ދުވަސްވަރަށް ބަހައިލައިގެން މިފަދަ މަޝްވަރާތައް ކޯޑިނޭޝަން މީޓިންތަކުގައި
ވީހާވެސް ގިނައިން ބޭއްވުމަކީ ވަރަށް މުހިންމުކަމެކެވެ. މިބައްދަލުވުންތަކުގައި
މައިގަނޑު ޤާބިލިއްޔަތުތައް އެކި މާއްދާގެ ތެރެއިން ގެންދެވޭނެ ގޮތާއި ބެހޭގޮތުން
މަޝްވަރާކުރަންވާނެއެވެ. މީގެ ތެރޭގައި ކުލާހުގައި ގެންދެވޭނެ ހަރަކާތްތަކާއި ކުލާހުން ބޭރުގައި
ގެންދެވޭނެ ހަރަކާތްތައް ރާވައި ކުރިޔަށް ގެންދިއުމަކީވެސް ވަރަށް
މުހިންމުކަމެކެވެ.
މަޝްވަރާކުރުމުގައި ފިލާވަޅުތަކާ ގުޅުވައިގެން، މައިގަނޑު ޤާބިލިއްޔަތު ގެންދެވޭނެ ގޮތާއި
ބެހޭ ގޮތުން މަޝްވަރާކުރަންވާނެއެވެ. ފިލާވަޅުތެރޭގައި އަމަލުކުރާނެ ގޮތްތަކެއް ހުރިހާ
މުދައްރިސުންވެގެން މަޝްވަރާކޮށް ނިންމިދާނެއެވެ. ދަރިވަރުންގެ ކިބައިގައި
މައިގަނޑު ޤާބިލިއްޔަތުތައް އަށަގަންނަމުންދާ ގޮތްތައް ބަލައި މޮނީޓަރ
ކުރާނެގޮތްތައް ރާވައި ދަރިވަރުންނާ ބެހޭ މައުލޫމާތު އެއްކުރާނެ ތަފާތު
ޓޫލްސްތަކާއި ވަސީލަތްތަކާއި ގޮތްތައް ކަނޑައަޅަންވާނެއެވެ. އަދި ފާއިތުވި
ހަފްތާގައި އެއްކުރެވުނު މައުލޫމާތުތަކަށް ރިއާއަތްކޮށް ރަގަޅަށް
ކުރެވުކަންތައްތަކާއި ރަގަޅުކޮށްލަންވީ ކަންތައްތަކާއި ބެހޭގޮތުން
މަޝްވަރާކޮށްލަންވާނެއެވެ. މައިގަނޑު ޤާބިލިޔަތު އަށަގަންނަމުންދާ ގޮތާ ބެހޭ ގޮތުން އެއްކުރެވުނު މައުލޫމާތު
ރިޕޯޓުކުރުމުގައި އެކުލާހެއްގައި ކިޔަވައިދޭ ހުރިހާ މުދައްރިސުންގެ
ހިޔާލުހޯދަންވާނެއެވެ. ދަރިވަރުގެ ކިބައިން މައިގަޑު ޤާބިލިއްޔަތު
އަށަގަންނަމުންދާ މިންވަރާއި ބެހޭގޮތުން ނިންމުމެއް ނިންމާއިރު ހުރިހައި
މުދައްރިސުންގެ ބައިވެރިވުން އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަދި ހަމައެފަދައިން ކޮންމެ ޓާރމެއްގައި ފެންވަރުވަޒަންކުރާނެ މައިގަނޑު
ޤާބިލިއްޔަތުތަކަކީ ކޮބައިކަން ދަރިވަރުންނާއި ބެލެނިވެރިންނަށް އެގިފައި
އޮތުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ޓާރމު ފެށޭއިރު “ފޯކަސް” ކޮށްގެންގެންދާނެ
ނުވަތަ ފެންވަރުވަޒަންކުރަމުންގެންދާނެ މައިގަޑު ޤާބިލިއްޔަތުތައް ދަރިވަރުންނާއި
ބެލެނިވެރިންނަށް ވަރަށް ތަފްސީލްކޮށް ކިޔައިދީ އޮޅުން ފިލުވައިދޭންވާނެއެވެ. މައިގަނޑު ޤާބިލިއްޔަތުތައް ދަރިވަރުންގެ
ކިބައިގައި އަށަގެންނެނުވުމަށް ޓަކައި، އުނގެނުމުގެ ޙަރަކާތްތަކުގައި ކަންކަން ކުރުމުގެ
ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދޭންވާނެއެވެ. އަމަލީ ހަރަކާތްތަކުގައި
ދަރިވަރުން ބައިވެރިކުރުވުމާއި، ދަރިވަރުންނަށް އަންނަމުންދާ ކުރިއެރުން ބަލައި
މޮނީޓަރކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުންއެއްކުރެވޭ މައުލޫތު، ދޭތެރެ ދޭތެރެއިން ދަރިވަރުންނާ
ހިއްސާކޮށް، މަޝްވަރާކޮށް، ފީޑްބެކްދީ ދަރިވަރުންނަށް ހާސިލުވެފައިވާ މިންވަރު
ކަނޑައެޅުމުގައި ސެލްފްއެސްމަންޓް (އަމިއްލައަށް ތިމާހުރިހިސާބު ބަލައިލުން) ވެސް
ހަދައިލުމަކީ ވަރަށް މުހިންމުކަމެކެވެ. ހަމަ މިއާއެކު އެކިގޮތްގޮތަށް އެއްކުރެވުނު މައުލޫމާތުތަކަށް ބިނާކޮށް، އިތުރަށް
ރަނގަޅުކުރަންވީ ނުވަތަ ސަމާލުކަންދޭންވީ ކަންކަން، ޓާރމު ނިމުމުގެ ކުރިން
ބެލެނިވެރީންނާ ހިއްސާކޮށް ބެލެނިވެރިންގެ ބައިވެރިވުމާއި އެއްބާރުލުން
ހޯދަންވާނެއެވެ. އަދި ހަމަ ކޮންމެ ޓާރމެއް ނިމުމުން މައިގަނޑު ޤާބިލިއްޔަތުގެ ތެރެއިން ކުރިއަށް އޮތް
ޓާރމުގައި ވަޒަންކުރާނެ ނުވަތަ އެސެސްކުރާނެ ބައިތަކާ ބެހޭގޮތުން
މަޝްވަރާކުރަންވާނެއެވެ.
ރެފަރެންސް:
Comments
Post a Comment