ޤައުމީ މަންހަޖުގައި ކަނޑައަޅައިފައިވާ ފެންވަރުބަލައި ވަޒަންކުރުން: ދަރިވަރުންގެ ފެންވަރު ބަލައި، ވަޒަންކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލަށް ނަޒަރެއް

 

 ލިޔުނީ: ނިޢުމާ މުޙައްމަދު


ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު 2015 ގައި މިވަނީ ކުރިއެރުންތަކެއް ހޯދާ  ޒަމާނާ އެއްގޮތަށް ބަދަލުވެފައެވެ. 21 ޤަރުނުގެ އުނގެނުމަށް މަގުފަހިވާގޮތަށް ފަރުމާ ކުރެވިފައިވާ ޤައުމީ މަންޙަޖެއް ތަންފީޒުކުރެވިފައެވެ. މިގޮތަށް މި މަންހަޖު ތަންފީޒު ކުރެވުނުއިރު އެންމެ ފާހަގަކޮއްލެވެނީ 'ފެޑަގޮޖީއަށް' އައި ކުރިއެރުންތަކާއި ފެންވަރުވަޒަންކުރަން ކަނޑައެޅިފައިވާ ގޮތްތަކެވެ. މިއައި ކުރިއެރުންތަކާއި ބަދަލުތައް މިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ  "ދަރިވަރުންގެ ފެންވަރުބަލައި ވަޒަންކުރާ އުސޫލު" އަދި ޤައުމީ މަންޙަޖުގައި ވަރަށް ރަނަގަޅަށް ސާފުކޮށް އޮޅުންފިލުވައިދީފައެވެ.

މިލިޔުމުގައި މިބަލައިލަނީ ޤައުމީ މަންޙަޖުގެ ދަރިވަރުންގެ އެސެސްމަންޓު ކަނޑައެޅިފައިވާ ގޮތްތަކަށެވެ. "ދަރިވަރުންގެ ފެންވަރުބަލައި ވަޒަންކުރާ އުސޫލު" ގައި މިވަނީ ދެ ބާވަތެއްގެ އެސެސްމަންޓެވެ. އެއީ  އެސެސްމަންޓް ފޯ ލާރނިންގ (ފޯރމަޓިވް އެސެސްމަންޓް) އާއި އެސެސްމަންޓް އޮފް ލާރނިން (ސަމެޓިވް އެސެސްމަންޓް) އެވެ.

އެސެސްމަންޓް ފޯ ލާރނިންގ (ފޯރމަޓިވް އެސެސްމަންޓް) އާއި އެސެސްމަންޓް އޮފް ލާރނިން (ސަމެޓިވް އެސެސްމަންޓް) ހުރި ތަފާތު  

އެސެސްމަންޓް ފޯ ލާރނިންގ (ފޯރމަޓިވް އެސެސްމަންޓް)

އެސެސްމަންޓް އޮފް ލާރނިން (ސަމެޓިވް އެސެސްމަންޓް)

·        އުގެނުމުގެ ތެރޭގައި ހިނގާކަމެއް

·        އުނގެނުން ކުރިއެރުވުމަށްޓަކައި ކުރާކަމެއް

·        އުގެނިދަސްވަމުން ކުރިއަރަމުންދާ މިންވަރު ގާތުން ބެލުމަށްކުރާ ކަމެއް

·        މުދައްރިސާއި ދަރިވަރާއި އެކީގައި ކުރާކަމެއް (މުދައްރިސްގެ އެހީ ލިބިގެން)

·        ދޭދޭ ދަރިވަރުންގެ މެދުގައިވާ ފެންވަރުގެ ތަފާތު ކުޑަކޮށްދޭ ކަމެއް

·        އުނގެނުމުގައި ދަރިވަރު ހުރިހިސާބުން އެހެން ހިސާބަކަށް ވާސިލްވެވޭނެ މަގުތައް ފީޑްބެކްގެ ޒަރީޢާއިން މުދައްރިސުންދާނީ އަބަދުވެސް އޮޅުން ފިލުވައިދެމުން

·        މި އެސެސްމަންޓްގައި  ދަރިވަރު އަމިއްލަ ނަފްސްގެ ކުއެރުންތައް އަޅައިކިޔައި ސަމާލުކަން ދެވެނީ ދަރިވަރު ކަޑައްތުކުރި އެކި މަރުޙަލާތަކުގައި ހޯދި ކުރިއެރުންތަކަށް

·        އުގެނުމަށްފަހުގައި ހިނގާކަމެއް

·         އުގެނިދަސްވެއްޖެކަން ދެއްކުމަށްޓަކައި ކުރާކަމެއް

·        ދަސްވެފަހުރި މިންވަރު ވަޒަންކުރުމަށް ކުރާކަމެއް

·        ދަރިވަރު އެކަނި ކުރާކަމެއް (މުދައްރިސުގެ އެހީނުލިބި)

·        ދޭދޭ ދަރިވަރުންގެ މެދުގައިވާ ފެންވަރުގެ ތަފާތު ބޮޑުވާކަމެއް

·        ދަރިވަރުން ވަޒަންކޮށް ތަފާތުތައް ދެނެގަނެ ފުޅާދާއިރާ އެއްގައި އެތަފާތު އަޅާކިޔާނެ  (ކްލާސް ލެވެލް، ގްރޭޑް ލެވެލް، ސްކޫލް ލެވެލް)

·        ސަމާލުކަން ދެވެނީ ނަތީޖާ ނުވަތަ ލިބޭ މާކުހަށް

 

އެސެސްމަންޓް ފޯ ލާނިންގ ގެ މައިގަޑު ބައިތައް

އެސެސްމަންޓް ފޯ ލާރނިން ފުރިހަމަ އަށް ގެންދާ ފިލާވަޅެއްގައި މި 5 ބައި ހިމެނޭނެއެވެ.

އެސެސްމަންޓް ފޯ ލާނިންގ

Assessment for Learning

މައިގަޑު ބައިތައް

އުގެނި ދަސްކުރާބައިތައް / މަޤްޞަދުތައް ދަރިވަރުންނާއި ޙިއްސާކުރުން

Sharing of learning Intentions

ދަރިވަރުން ކާމިޔާބުވާނެ މިންގަޑުތައް/ އަމާޒުތައް ޙިއްސާކުރުން

Sharing of success criteria

ފައިދާކުރުވަނިވި ”ފީޑްބެކް“ ދަރިވަރުންނަށް ދާއިމީ ގޮތެއްގައި ދިނުން

Effective feedback

ތަފާތު ދަރަޖަތައް ހިމެނޭ ސުވާލުތައް ދަރިވަރުންނާއި ކުރުން

Effective questioning

ސެލްފް އަދި ޕިއަރ އެސެސްމަންޓްގެ ޙަރަކާތްތައް/ ލާރނިންގ ރިފްލެކްޝަންސް

 Self and Peer Assessment/ Learning Reflections

 

އެސެސްމަންޓް ފޯ ލާރނިންގ ޖުމުލަކޮށް ނަތީޖާ މާނަ ކުރާނެ ގޮތް

"ދަރިވަރުންގެ ފެންވަރުބަލައި ވަޒަންކުރާ އުސޫލު" (2019) ދަށުން އެސެސްމަނޓް ފޯ ލާރނިންގ ގެ ނަތީޖާތައް ދިރާސާކޮށް، މާނަކޮށް ނަތީޖާ ކަނޑައަޅާނީ ތިރީގައިމިވާ ބާވަތްތަކުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެންނެވެ. މި މަޢުލޫމާތުގެ ޒަރީޢާއިން ނަގާ "ސަމެޓިވް ޖަޖްމަންޓަ" ކަށެވެ. މީގެ މާނައަކީ ޖުމުލަގޮތަކަށް ދަރިވަރުގެ ނަތީޖާ މާނަ ކުރުމެވެ. އެގޮތަށް ކަންތައްތައް ކުރުމަށް މި 3 ކަންތައްތަކަށް ރިއާއަތްކުރުން މުހިންމެވެ.

1.     ދަރިވަރުން ކުލާހުގައި އުނގެނެމުންދާއިރު / ހަރަކާތަތްތަކުގައި އުޅޭއިރު އޮބްޒާރވް ކޮށްގެން

2.     ދަރިވަރުންނާއި އެކި ގޮތްގޮތަށް ކުރެވޭ މުޢާމަލާތްތައް

3.     ދަރިވަރުންގެ ކުރަމުންގެންދާ މަސައްކަތްތައް

މިގޮތައް ނަތީޖާ މާނަކުރާއިރު ގިނަ ފަހަރަށް މުދައްރިސަށް ދަރިވަރުންގެ ފެންވަރު ހުންނާނީ ކިޔަވައިދިނުމާއި އުނގެނުމުގެ ތެރެއިން އެދަރިވަރަކު ހުރި ހިސާބު ވަރަށް ބޮޑަށް ފާހަގަ ކުރެވި އަދި ވަރަށް ބޮޑަށް އެނގިފައެވެ. ނަތީޖާ ކަޑައަޅާނީ މި މަޢުލޫމާތުތަކަށް ބިނާކޮށް ދަރިވަރާ ބެހޭގޮތުން ހަދާ “ކޮލިޓޭޓިވް އެނާލިސިސް” އަކަށެވެ. އެހެންކަމުން ދަރިވަރުގެ ކިޔެވުން މާނަކޮށް ލިޔެވޭނީ "ނެރޭޓިވް ސްޓޭޓްމަންޓް" ތަކެކެވެ. މިއީ ވަރަށް ތަފްސީލްކޮށް ދަރިވަރާއިބެހޭ މަޢުލޫމާތު ލިޔުމުން ކަމާއިބެހޭ ފަރާތްތަކަށް ނުވަތަ ބެލެނިވެރިއާއި ޙިއްސާކުރާގޮތެވެ. މިއީ ދަރިވަރުންގެ ތަފާތު ހުނަރުތަކާއި އެހެނިހެން ކުރިއެރުންތަކަށް ދެވޭ "ފީޑްބެކް" އަދި "ފީޑް ފޯވާރޑެ" ތަކެކެވެ. މިގޮތަށް ދެވޭ ފީޑްބެކްގެ ސަބަބުން ދަރިވަރަށްވެސް އޭނާ ކުރިއަށްދާން ހުރި ހަރުފަތް (ނެކްސްޓް ލާރނިންގ ސްޓެޕް)  ރަގަޅަށް އެނގި އަމިއްލައަށް ކާމިޔާބު ހޯދަންވެސް މަސައްކަތް ކުރާނެއެވެ. ޚާއްސަކޮށް ފައުންޑޭޝަން، ކީސްޓޭޖް1 އަދި 2 ގެ ކުދިންގެ ފެންވަރުބަލާ ވަޒަންކޮށް ނަތީޖާ މާނަ ކުރާނީ މިގޮތަށެވެ. ޖުމުލަގޮތެއްގައި މިމާނައިގައި ފީޑްބެކްގައި ލިޔާނީ ދަރިވަރަށް ރަނގަޅަށް ކުރެވޭ ކަންތައްތަކާއި، ރަނގަޅު ކުރަންވީ ކަންތައްތައް އަދި ދެން ކުރިއަށް ދާންވީ ބައި/ބައިތަކެވެ.

ރެފަރެންސް

  • ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (2015) ފައުންޑޭޝަން މުޤައްރަރު، މާލެ، ދިވެހިރާއްޖެ.
  • ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (2014) ނެޝަނަލް ކަރިކިއުލަމް ފްރޭމްވޯކް، މާލެ، ދިވެހިރާއްޖެ.
  • އާދަމް ޝަރީފް ޢުމަރު (2006) ފެންވަރު ވަޒަންކުރުން، ދިވެހި ރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު، މާލެ،  ދިވެހިރާއްޖެ
  • މިނިސްޓްރީ އޮފް އެޑިއުކޭޝަން (2019)، ދަރިވަރުން ފެންވަރުބަލައި، ވަޒަންކުރުމުގެ އުސޫލު، މާލެ، ދިވެހިރާއްޖެ.

 

Comments

Popular posts from this blog

ފޯރމެޓިވް އެސެސްމަންޓް: ސެލްފް އެސެސްމަންޓް

މާނަހުރި ގޮތެއްގައި އުނގެނުމާއި ހިތުދަސްކުރުމުގެ ތަފާތު